ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ސްކޮޑު އެކުލަވައިލައި، ގައުމީ ފުޓުބޯޅަ ޓީމުން ފަރިތަކުރުންތައް ފަށައިފިއެވެ.

އެ ދެމެޗަށް ނެގި ސްކޮޑު އިއްޔެ އިއުލާނު ކޮށްފައިވާ އިރު، މެޗަށް ޕްރެކްޓިސް ފެށީ އިއްޔެ ހަވީރު އެވެ. އިއްޔެގެ ޕްރެކްޓިސްގައި ބައެއް ކުޅުންތެރީން ބައިވެރިވެފައި ނުވާ ނަމަވެސް، މިއަދު އެއްކޮށް ސްކޮޑު ހަމަވާނެ ކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ.

މިފަހަރު ނެގި ސްކޮޑުގައި ކުރިއަށް އޮތް ދެމެޗަށް ގައުމީ ޓީމަށް ނެގި ސްކޮޑުގައި އައިހުއާއި އީނާޒްވެސް ހިމަނާފައިވާ އިރު، މިއީ އޭނާއަށް ގައުމީ ސްކޮޑުން ފުރުސަތު ލިބުނު ފުރަތަމަ ފުރުސަތެވެ.

މިފަހަރު 23 ކުޅުންތެރިންގެ ސްކޮޑެއް އިއުލާނު ކޮށްފައިވާ އިރު، ކުރިން ޕްލިމިނަރީ ސްކޮޑުގައި ހިމެނުނު އޮޑީގެ ހައިޝަމް ރަޝީދު (ހައި) ވެސް މިފަހަރު ސްކޮޑުގައި ހިމަނާފައި ވެއެވެ. އޭގެ އިތުރުން މުޅިން އަލަށް ޓީސީ ސްޕޯޓްސް ކްލަބުގެ ޑިފެންޑަރު ހަސަން އީނާޒްވެސް މިފަހަރު ސްކޮޑުގައި ހިމަނާފައިވެއެވެ.

އެފްއޭއެމް ލީގު ކަޕަށް ބަލައިގެން ސްކޮޑު ނެގި ކަމަށް ބެލެވުނު ނަމަވެސް، އެ މުބާރާތުގައި ވާދަ ނުކުރާ ބުރު ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު އަދި ކްލަބު އީގަލްސްގެ ކުޅުންތެރީންވެސް ގައުމީ ޓީމުގައި ހިމަނާފައިވާ އިރު، ރާއްޖެއިން ސިންގަޕޫރާ ދެކޮޅަށް ނުކުންނާނީ ޖޫން ފަސްވަނަ ދުވަހު، އެގައުމުގައެވެ. އަދި ޓީމޯ ލެސްޓޭއާ ދެކޮޅަށް އޮސްޓްރޭލިއާގައި ނުކުންނާނީ ޖޫން 10 ގައެވެ.

ގައުމީ ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑު

  • ސަމޫހު އަލީ (ސަމުއްޓެ) / މާޒިޔާ
  • އަހުމަދު ނޫމާން (ހެލްމެޓް) / އޮޑި
  • ހުސައިން ޝިފާއު ޔޫސުފް (ކްރޯ) / މާޒިޔާ
  • އަހުމަދު ރިޒުވާން (ރިޒޭ) / އީގަލްސް
  • ހުސައިން ނަޒީމް (ޗޯޓު) / މާޒިޔާ
  • ހަސަން ޝިފާޒް / މާޒިޔާ
  • ނާއިޒް ހަސަން (ދާދު) / މާޒިޔާ
  • އިޔާން އަބްދުލް އަލީމް / މާޒިޔާ
  • ހުސައިން ނިހާން (ނިހާޓް) / އޮޑި
  • ހަމްޒާ މުހައްމަދު (ހަމްޕު) / މާޒިޔާ
  • ހައިޝަމް ހަސަން (ބިޑި) / މާޒިޔާ
  • އަހުމަދު އައިހަމް / މާޒިޔާ
  • ހުސައިން ޝަރީފް / މާޒިޔާ
  • މުހައްމަދު ނާއިމް / ބުރު
  • އަލީ ފާސިރު (ސެންޓޭ) / މާޒިޔާ
  • މުޒްދާން ހަސަން / އޮޑި
  • މުހައްމަދު ޔާމީން / ވިކްޓަރީ ސްޕޯޓްސް ކްލަބު
  • އައިސަމް އިބްރާހީމް / މާޒިޔާ
  • މުހައްމަދު އިރުފާން / މާޒިޔާ
  • ހަސަން އީނާޒް / ޓީސީ ސްޕޯޓްސް ކްލަބު
  • އަހުމަދު އައިހަމް (އައިހު) / އޮޑި
  • ހައިސަމް ރަޝީދު (ހައި) / އޮޑި
  • އިބްރާހީމް އުސާމާ ހަސަން މަޖީދު / ބުރު