ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކަން ކޮށްދިން އެރިކް ޓެން ހާގު، ބަޔާން ލެވަކޫސަންގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.

ޓެން ހާގު ލެވަކޫސަންއާ ހަވާލުވެފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ޓެން ހާގު ލެވަކޫސަންއާ ހަވާލުވެފައިވާ އިރު، އޭނާގެ ކުރިން އެ ކްލަބުގައި ހުރި ކޯޗު، ޒަބީ އެލޮންސޯ ވަނީ ރެއާލް މެޑްރިޑާ ހަވާލުވެފައެވެ.

އުމުރުން 55 އަހަރުގެ ޓެން ހާގު ލެވަކޫސަންއާ ހަވާލުވުމުގެ ކުރިން، އެންމެފަހުން ކޯޗެއްގެ ގޮތުގައި ހުރީ ޔުނައިޓެޑްގައެވެ. ޔުނައިޓެޑްގައި ޓެން ހާގު ހުއްޓައި ސީޒަނުގެ ތެރެއިން މަގާމުން ވަކިކުރީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގައެވެ.

ޔުނައިޓެޑްގައި ޓެން ހާގަށް ހޯދުނީ އެފްއޭ ކަޕެއް އެކަންޏެވެ. އޭގެ ކުރިން އޭނާ ވަނީ އަޔެކްސް އާއެކު ކާމިޔާބީތައް ހޯދައިފައެވެ. އެގޮތުން އެ ކްލަބާއެކު ޖެހިޖެހިގެން ތިން ލީގު ތަށި ހޯދުމުގެ އިތުރުން 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކުރުން ހިމެނެއެވެ.

ނިމިދިޔަ ސީޒަން ލެވަކޫސަންއަށް އެންމެ ކާމިޔާބު ނޫން ނަމަވެސް، ކްލަބުގައި ކުރިން ހުރި ކޯޗު އެލޯންސޯ އާއެކު އެ ޓީމުން ވަނީ ބަލިނުވެ ލީގު ނަގައި، ޖަރުމަނު ކަޕް ހޯދުމުގެ އިތުރުން ޔޫރޮޕާ ލީގު ފައިނަލުގައިވެސް ކުޅެފައެވެ.