ރެއާލް މެޑްރިޑްގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ލޫކަސް ވަޒްކޭޒް، ބަޔާން ލެވަކޫސަންއަށް ސޮއިކޮށްފިއެވެ.

އުމުރުން 34 އަހަރުގެ ވަޒްކޭޒަކީ ރެއާލްގެ ޔޫތު ސިސްޓަމުގެ ތެރެއިން ނުކުތް ކުޅުންތެރިއެކެވެ. އޭނާ 2015 ވަނަ އަހަރުން ފެށިގެން ރެއާލްގެ ސީނިއާ ޓީމަށް ކުޅެފައިވާ އިރު، އެ ކްލަބަށް 402 މެޗު އޭނާ ކުޅެފައިވެއެވެ.

މިދިޔަ ސީޒަނުގައިވެސް ވަޒްކޭޒް ވަނީ ރެއާލަށް 32 މެޗު ކުޅެދީފައެވެ. އޭގެ ތެރޭގައި ފީފާ ކްލަބު ވޯލްޑް ކަޕުގެ ދެމެޗުވެސް ހިމެނެއެވެ. ވަޒްކޭޒް ކްލަބު ވޯލްޑް ކަޕުގައި ފެނިގެން ދިޔައީ ބަދަލެއްގެ ގޮތުގައެވެ.

ވަޒްކޭޒް، އެރިކް ޓެން ހާގުގެ ލެވަކޫސަންއަށް ސޮއިކުރުމަށްފަހު ބުނީ، އެ ކްލަބަށް ބަދަލުވުމުގައި ރެއާލްގެ ކޯޗު ޒަބީ އެލޯންސޯއާއި ޑެނީ ކަވަހާލްގެ ލަފާ ލިބުނު ކަމަށެވެ. އެލޯންސޯ މިދިޔަ ދެ ސީޒަންވެސް ހޭދަކުރީ ލެވަކޫސަންގެ ކޯޗެއްގެ ގޮތުގައެވެ.

ވަޒްކޭޒަކީ ގިނަ މަގާމުތަކަކަށް ކުޅެމުންދާ ކުޅުންތެރިއެކެވެ. ރެއާލުން އާއްމުކޮށް ސައިޑް ބެކަކަށް ވަޒްކޭޒް ބޭނުންކުރަމުންދާ އިރު، އޭނާ ރެއާލް ދޫކޮށްލީ ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހުއެވެ.

ވަޒްކޭޒް ރެއާލާއެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ހޯދާފައިވާ އިރު، ހަތަރު ފަހަރަށް ލަ ލީގާވެސް ކާމިޔާބު ކޮށްފައިވެއެވެ.