ސަންޑަލޭންޑުން ބޭނުންވެގެން އެކަމަށް މަސައްކަތް ކުރި ނަމަވެސް، މި ޓްރާންސްފާ ސީޒަނުގައި ގްރަނިޓް ޖަކާ ދޫކޮށްލެވެން ނެތް ކަމަށް ބަޔާން ލެވަކޫސަންގެ ކޯޗު އެރިކް ޓެން ހާގު ބުނެފިއެވެ.
އުމުރުން 32 އަހަރުގެ ޖަކާއަކީ މީގެ ކުރީން ޕްރިމިއާ ލީގުގައި ކުޅެ، ވިދާލާފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ އާސެނަލްގެ ކެޕްޓަންކަންވެސް ކޮށްފައެވެ. އޭގެ ފަހުން ޖަރުމަނުގެ ލެވަކޫސަންއަށް ބަދަލުވެ، ޖަކާ ވަނީ މުހިއްމު ކާމިޔާބީތަކެއްވެސް ހޯދައިފައެވެ. އޭގެ ތެރޭގައި ބަލިނުވެ ލީގު ސީޒަނެއްވެސް ކާމިޔާބު ކޮށްފައިވެއެވެ.
ޖަކާ އެނބުރި ޕްރިމިއާ ލީގަށް ދާން ބޭނުން ވެ، ސަންޑަލޭންޑާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބުނެފައި ވަނީ އޭނާގެ އެޖެންޓެވެ. ޖަކާގެ އެޖެންޓް ޖަރުމަނު މީޑިއާއަށް ބުނީ ޖަކާ އެނބުރި ޕްރިމިއާ ލީގަށް ދާން އެއްބަސްވެފައިވާ ކަމަށާއި، ސަންޑަލޭންޑަކީ ޖަކާ ހިތްހަމަ ޖެހޭ ކްލަބެއް ކަމަށެވެ.
ސަންޑަލޭންޑް މިފަހަރު ޕްރިމިއާ ލީގަށް ނުކުންނަނީ ދުވަސްތަކަކަަށްފަހުއެވެ. އެ ކްލަބުން ޝައުގުވެރިކަން ފާޅުކުރާ ކަމަށް ނޫސްތައް ބުނި ނަމަވެސް، އެކަމުގައި ޓެން ހާގު ވަނީ ރައްދު ދީފައެވެ.
"އޭނާގެ އެޖެންޓަށް ކޮންމެ އެއްޗެކޭވެސް ބުނެވިދާނެ. އެހެންވިޔަސް ޖަކާ ފޮނުވޭކަށް ނެތް. އަހަރެމެންނަށް މިހާރުވެސް މުހިއްމު ތިން ކުޅުންތެރިން ގެއްލިއްޖެ. ޖަކާއަކީ ލީޑަރެއް. އޭނާ ދޫކުރެވޭކަށް ނެތް. އެއީ މި ސްކޮޑުގެ ސަގާފަތް ގެއްލި، ކްލަބުގެ ކްލަބު ވަންތަކަން ގެއްލޭނެ ކަމެއް،" ޓެން ހާގު ބުންޏެވެ.
ޖަކާ ލެވަކޫސަންއަށް ބަދަލުވީ 2023 ވަނަ އަހަރުއެވެ. އެ ކްލަބާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އޭނާ ސޮއިކޮށްފައިވާ އިރު، އެއްބަސްވުމުގައި އަދި ބާކީ ތިން އަހަރު އެބައޮތެވެ.
މި ހިނގާ ޓްރާންސްފާ ވިންޑޯގައި ލެވަކޫސަންގެ މުހިއްމު ތިން ކުޅުންތެރިޔަކު މިހާތަނަށް އެ ކްލަބު ދޫކޮށްލާފައިވެއެވެ. އެގޮތުން ފްލޯރިއަން ވާޓްސްއާއި ޖެރެމީ ފްރިމްޕޮންގް ލިވަޕޫލަށް ބަދަލުވެފައިވާ އިރު، ޖޮނތަން ޓާ ވަނީ ބަޔާން މިއުނިކަށް ބަދަލުވެފައެވެ.
މުޙައްމަދު ޝަމްޢޫން
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް