ހުޅުމާލެ ފޭސް ދޭއްގައި ހިންގި މާރީމާރިއެއްގައި ދެ މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް ދޭއްގެ އެޗް 11 ކައިރީ މާރާމާރީއެއް ހިންގި މައްސަލަ ރޭ 23:51 ހާއިރު ރިޕޯޓު ކުރި ކަމަށެވެ.
އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެތެރެއިން އެކަކުގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި ދެވަނަ މީހާގެ ބުރަކަށީގެ އެކިތަންތަން ދުޅަވެ ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށެވެ.
އޭގެ އިތުރުން މާރާމާރީ ހިންގި ދެ މީހުންގެ ފޯނު ފޭރިގަނެފައިވާ ކަމަށްވެސް ފުލުހުން ބުންޏެެވެ.
އެ މާރާމާރީގައި އަނިޔާ ލިބުނު މީހުންނަށް ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފާތިމަތު ލިއުޝާ
ހުޅުމާލެ ފޭސް 2
ހުޅުމާލެ ފޭސް 2
ހުޅުމާލެ ފޭސް 2
ހުޅުމާލެ ފޭސް 2