ޖިންސީ ފުރައްސާރަކުރުމުގެ މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ދެ ޕްރޮސިކިއުޓަރަކު ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، ޖިންސީ ފުރައްސާރަކުރުމާއި އެ އޮފީހުން ގަބޫލުކޮށް ހިފަހައްޓަމުންދާ އަހުލާގީ މިންގަނޑާ ހިލާފުވުމުގެ އެ މައްސަލަ ބަލާ ނިމެންދެން އެ ދެ ޕްރޮސިކިއުޓަރުން ސަސްޕެންޑް ކުރަން ނިންމީ އެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދުގެ ދަށުން އެ އޮފީހުގައި އެކުލަވާލާފައިވާ ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ކަމަށެވެ.

އެ މައްސަލަ ފުލުހުންވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.