ނެދަލޭންޑްސްގެ މިޑްފީލްޑަރު ރަޔަން ގްރަވަންބާކަށް އަނިޔާވެ، ސްޕެއިނާ ދެކޮޅަށް އެޓީމުން ކުޅޭ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގު ގެއްލޭނެ ކަމަށް ގައުމީ ޓީމުން ބުނެފިއެވެ.

ގައުމީ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ މެމްފިސް ޑިޕާއީ އާއި ފްރޭންކް ޑި ޔޯންގް ފިޓް ނަމަވެސް، ގްރަވަންބާކަށް މެޗު ނުކުޅެވޭނެ ކަމަށެވެ. ނެދަލޭންޑްސް ގައުމީ ޓީމުން ބުނީ ގްރަވަންބާކަށް އަނިޔާވީ ލިވަޕޫލުން ކުޅުނު މެޗެއްގައި ކަމަށެވެ.

"ގްރަވަންބާކް ވަނީ ނެދަލޭންޑްސްގެ ތަމްރީނު ކޭމްޕް ދޫކޮށްލާފައި. ގްރަވަންބާކަށް އަނިޔާވީ މިދިޔަ ހަފުތާގައި ލިވަޕޫލުން ކުޅުނު މެޗުގެ ތެރެއިން. އެއީ ނެދަލޭންޑްސް ޓީމަށް ލިބުނު ވަރަށް ބޮޑު ނުތަނަވަސް ކަމެއް،" ނެދަލޭންޑްސް ކޯޗު ކޫމަން ބުންޏެވެ.

ގްރަވަންބާކް ލިވަޕޫލުން މިދިޔަ އާދީއްތަ ދުވަހު ވެމްބްލީގައި ކުޅުނު ލީގު ކަޕް ފައިނަލުގައި ވެސް ކުޅެފައިވާ އިރު، އުމުރުން 22 އަހަރުގެ މިޑްފީލްޑަރަކީ އެ ޓީމަށް ވެސް މުހިއްމު ކުޅުންތެރިއެކެވެ.

ގްރަވަންބާކް ވަނީ މިހާތަނަށް މި ސީޒަނުގެ ލީގުގައި ލިވަޕޫލުން ކުޅުނު ހުރިހާ މެޗެއްގެ ވެސް ފުރަތަމަ 11 ގައި ހިމެނިފައެވެ.