މިއަދު ބޭއްވި ބައެއް ރަށްރަށުގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުން ސަރުކާރު ހިންގާ، ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
މިއަދު ވަނީ ދެ ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި ދިހަ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިއަށް މީހުން ހޮވައިފައެވެ.
ކައުންސިލް ބައި-އިލެކްޝަން ކުރިއަށްގެންދިޔައީ ނ. ލަންދޫ އާއި ހދ. މަކުނުދޫގައެވެ. އޭގެ ތެރެއިން ލަންދޫގެ އަންހެން މެންބަރުގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ޕީއެންސީން ކުރިމަތިލި އާތިފާ މޫސާއެވެ. މަކުނުދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ކުރިމަތިލި، އިބްރާހިމް މުހައްމަދެވެ.
މިއަދު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގައި ޕީއެންސީން ވަނީ އަށް ރަށެއްގެ ގޮނޑި ކާމިޔާބުކޮށްފައެވެ. ޕީއެންސީއަށް ކާމިޔާބު ނުވީ އދ. ހަންޏާމީދޫއާއި ދ. ހުޅުދެއްޔާއި ނ. މިލަދޫގެ ގޮނޑިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މިއަދު ބޭއްވި އިންތިހާބުތަކުގައި 6،275 މީހުން ވޯޓުލިއެވެ. އެއީ ޝަރުތު ހަމަވާ މީހުންގެ 55.4 ޕަސަންޓެވެ.
ގާނޫނަށް ގެނައި އިސްލާހާއި އެކު އިލެކްޝަންސް ކޮމިޝަނުން މިހާރު ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ އަހަރަކު ދެ ފަހަރުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު