ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ހަތެއްގެ ފައިނަލުން ގދ. ވާދުއާއި ދަޑިމަގު ޖާގަ ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ ފޯރިގަދަ މެޗުތައް ކުރިއަށްދާ އިރު، މިއަދު ހަވީރު ވަނީ ޒޯން ހަތެއްގެ ސެމީ ފައިނަލް މެޗުތައް ކުޅެފައެވެ.
ޒޯން ހަތެއްގައި ޓީމުތައް ސެމީއަށް ދިޔައީ ދެ ގްރޫޕެއްގައި ވާދަކޮށްގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ގއ. އަތޮޅުގެ ޗެމްޕިއަން ދެއްވަދޫ އާއި ރަނަރަޕް ވިލިނގިލީގެ އިތުރުން ފުވައްމުލަކު ދަޑިމަގާއި ގދ. އަތޮޅުގެ ޗެމްޕިއަން ވާދޫއެވެ.
އެ ޒޯންގެ ގްރޫޕް ބީގައި ހިމެނެނީ ގދ. އަތޮޅުގެ ރަނަރަޕް ގައްދޫ އާއި އައްޑޫ ޗެމްޕިއަން ފޭދޫ އަދި ރަނަރަޕް ހިތަދޫއެވެ.
ދަނޑިމަގުން ސެމީގައި ފޭދުއާ ވާދަކޮށް، ދަނޑިމަގު މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ހަމައެކަނި ގޯލު މޫސާ އަޒީމް ހަސަން ޖަހައިދިން އިރު، ދަޑިމަގުގެ ގޯލްކީޕަރު އިސްމާއީލް ފާތިހު (ތާޑޭ) ވަނީ މޮޅަށް ކުޅެފައެވެ. ފޭދޫގެ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި އަލީ ނާފިއުގެ ހަމަލާތައްވެސް ފެނިގެން ދިޔަ ނަމަވެސް، ދަޑިމަގުގެ ކީޕަރު ތާޑޭ ވަނީ އެ ހަމަލާތައް ހުއްޓުވާފައެވެ.
ވާދޫން ހިތަދޫ ބަލިކުރީ ޕެނަލްޓީގައެވެ. މެޗު 1-1 އިން އެއްވަރުވެ ޖެހި ޕެނަލްޓީގައި ވާދޫ މެޗު ކާމިޔާބުކުރީ 6-4 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފަހުކޮޅުގައި ހިތަދޫން ލީޑު ނެގި އިރު، އެ ގޯލަކީ ވާދޫގެ މުހައްމަދު ނާއިލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ އިރުކޮޅެއްފަހުން ވާދޫގެ މުސައްނިފް މުހައްމަދު މެޗު އެއްވަރުކޮށް ޕެނަލްޓީއަށް ގޮސްފައިވާ އިރު، ވާދޫން މެޗު ނިންމާލީ އަބްދުﷲ އާހިލް އަލީ އަށް ދެއްކި ރަތް ކާޑަކާއެކު ކުޅުންތެރިޔަކު މަދުކޮށެވެ.
ޕެނަލްޓީގައި ވާދޫގެ އަޔާޒް އަހުމަދު (އަޔާ)، އަހުމަދު ޝައިހާން ޖަލީލް، މުހައްމަދު އިޔާދު އަލީގެ އިތުރުން ޔަޒްދާން އިބްރާހީމް އަދި މުހައްމަދު ނާއިލް ޕެނަލްޓީ ވެއްދި އިރު، ހިތަދުއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހާޒިމް ފައުޒީ (ހަތީ)ގެ އިތުރުން މުހައްމަދު އިންޝާލާއި ހަސަން ފަސާހެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.
މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ބ. އޭދަފުށި - ކ. ކާށިދޫ (ޒޯން 3)
ގްރައުންޑް 2: ޅ. ކުރެންދޫ - ކ. މާފުށި (ޒޯން 3)
21:00
ގްރައުންޑް 1: ވިލިމާލެ - މާފަންނު (ޒޯން 8)
ގްރައުންޑް 2: ހުޅުމާލެ - މައްޗަންގޯޅި (ޒޯން 8)
22:00
ގްރައުންޑް 1: މ. މުލަށް - މ. ދިއްގަރު (ޒޯން 5)
ގްރައުންޑް 2: ދ. ކުޑަހުވަދޫ - ފ. ދަރަނބޫދޫ (ޒޯން 5)
23:00
ގްރައުންޑް 1: ލ. އިސްދޫ - ތ. ތިމަރަފުށި (ޒޯން 6)
ގްރައުންޑް 2: ތ. ހިރިލަންދޫ - ލ. ގަން (ޒޯން 6)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް