ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޅ. އަތޮޅު ޗެމްޕިއަންކަން، ކުރެންދޫން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ އަތޮޅު ބުރުގެ ފައިނަލްތައް މިހާރު ކުރިއަށްދާ އިރު، ރޭ ކުޅުނު ޅ. އަތޮޅު ފައިނަލުގައި ކުރެންދޫން ނައިފަރު ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެއަތޮޅު ލީގު ބުރުގައި އެއް ގްރޫޕަކަށް ޓީމުތައް ވާދަކޮށްފައިވުމާއެކު ޅ. އަތޮޅުން ޒޯނަށް ދާނީ ކުރެންދޫ އެކަންޏެވެ.
ލީގު ބުރުގައި ނައިފަރާއި ކުރެންދޫ ބައްދަލުކުރި މެޗު، 3-1 އިން ނައިފަރު ކާމިޔާބުކުރި ނަމަވެސް، ކުރެންދޫން ވަނީ ރޭ ނަތީޖާ އަނެއްކޮޅަށް އަނބުރާލައިފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މުހައްމަދު ރަފްހާން އަބްދުލް ގައްޔޫމް ކުރެންދުއަށް ލީޑު ނަގައިދިން އިރު، އެޓީމުގެ ދެވަނަ ގޯލު، މެޗު ނިމެން ދަނިކޮށް ޖަހައިދިނީ އަލީ އިބްރާހީމެވެ.
ކުރެންދޫން ތަށި ނެގި ނަމަވެސް ޅ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނީ އިބްރާހީމް ޝަރީފް މުހައްމަދެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެ އެވެ.
މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް