ގދ. އަތޮޅުގެ ފައިނަލަށް މިރޭ ވާދޫއާއި ގައްދޫ ނުކުންނަ މެޗަކީ ވަރުގަދަ ފައިނަލަކަށް ވާނެ ކަމަށް، އެތައް ބަޔަކު ޔަގީންކުރާނެއެވެ. އަތޮޅު ގްރޫޕް ސްޓޭޖުގައި ވާދަކުރާއި ގައްދޫ 1-1 އިން އެއްވަރުވެފައި އޮތުން އެއީ އެއް ސަބަބެވެ. އޭގެ އިތުރުން، ވާދޫން އަތޮޅު ތަށި ހޯދަމުން އައި ހޯދުމަށް ނިމުން ގެންނަން ގައްދޫން ބޭނުންވެފައިވާ އޮތްވަރުންވެސް މެޗުގެ ފޯރި އިތުރަށް ގަދަ ވާނެއެވެ.
"ސެމީ މެޗު ދިޔައީ ކޯޗުގެ ޕްލޭނާ އެއްގޮތަށް، ބޭނުންވާ ގޮތަށް. އެއީ އުނދަގޫ މެޗެއް ވިޔަސް ސަޅި މެޗެއް. ވާދުއާ ދެކޮޅަށް ކުޅޭ ކޮންމެ މެޗަކީވެސް ޓަފް ވާނެ މެޗެއް. މިހާތަނަށް ކުޅުނު ކޮންމެ މެޗެއްގަވެސް ބަލިވެފަ އޮތީ. ދެން މި މުބާރާތަށް ނުކުތްއިރުން ފެށިގެންވެސް ވާދޫ މެޗަށް ޕްރެކްޓިސް މި ޖައްސަނީ. ކުޅެން ޖެހޭނީ ކިހިނެއްކަންވެސް މިހާރު އެނގޭ. އެއީ ދެވަނަ ފަހަރަށް އެއް ކޯޗަކާއެކު މަސައްކަތް ކުރާތީ، ތަފާތު ފެނޭ،" ގައްދޫން ސެމީގައި މަޑަވެއްޔާ ދެކޮޅަށް ކުޅުނު މެޗަށްފަހު ގައްދޫގެ ކެޕްޓަން އަހުމަދު ރިފްޝާން ބުންޏެވެ.
ގައްދޫން ފައިނަލަށް ދިޔައީ މަޑަވެލި، 4-1 އިން ބަލިކޮށްފައެވެ. އަނެއްކޮޅުން ވާދޫން މީގެ ކުރިން ދެ ފައިނަލެއްގައިވެސް ބަލިކުރި ތިނަދޫ ކައިރިން 5-1 އިން މޮޅުވެ، ފައިނަލަށް ދިޔަ އިރު، ގައްދޫ ވަރުގަދަ ވާނެ އެވެ.
"ވަރަށް ވަރަށް ޕްރެޝަރުގައި ސެމީ މެޗު ދިޔައީ. ދޭތިން އެކައްޗަށް ސެމީ ފައިނަލަށް ނުކުތީ. ގާތްގަނޑަކަށް ހަތަރު ވަރަކަށް ޕްރެކްޓިސްގަ ތިނަދޫ މެޗަށް ފޯކަސް ކޮށްގެން ނުކުތީ. ބޭނުންވާ ގޮތަށް މެޗު ދިޔަ. އެކަމަކު ޑިފެންސް މާ ފަސޭހަވެގެން ފުރަތަމަކޮޅުގަ ދިޔަ. އެކަމަކު ދެވަނަ ހާފު ބޭނުންވާ ގޮތަށް ދިޔަ. ދެން އޮތީ ގައްދޫ. ގައްދުއަކީ އަބަދުވެސް ވާދޫއަށް ވަރަށް ވަރުގަދަ ފައިޓެއް ދޭ ޓީމެއް. އެހެންވީމަ މޮޅުވާން ނުކުންނާނީ،" ވާދޫއަށް މިހާތަނަށް ހަތް ގޯލު ޖަހައިދީފައިވާ ނަޝާހު އަހުމަދު ސެމީ މެޗަށްފަހު ބުންޏެވެ.
ގައްދުއާއި ވާދޫ، 2023 ވަނަ އަހަރު އަތޮޅު ފައިނަލުގައިވެސް ވާދަކޮށްފައިވާ އިރު، އެ ފައިނަލް މެޗު ފެނުނީ ފޯރިގަދަކޮށެވެ. ހާއްސަކޮށް މެޗުގެ ފަހު ވަގުތުކޮޅު ފޯރިގަދަކޮށް ފެނުނު އިރު، މެޗުގައި ތިން ރަތް ކާޑުވެސް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން ގައްދޫގެ މިހާރު ކެޕްޓަން ރިފްޝާނަށާއި ވާދޫގެ އަޔާޒް އަހުމަދު (އަޔާ) އަށްވެސް ރަތް ކާޑު ދެއްކި އިރު، އިބްރާހީމް ޝައުފް މުހައްމަދަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކިއެވެ.
އެ މެޗު ވާދޫން ކާމިޔާބުކުރީ 2-0 އިންނެވެ. އެ މެޗަށްފަހު މިރޭގެ ކުރިމަތިލުން އޮންނާނީ މިރޭ 9:30 ގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް