ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޅ. އަތޮޅު ފައިނަލަށް ނައިފަރާއި އެންމެފަހުން ދެ އަހަރުވެސް ޗެމްޕިއަން ކުރެންދޫން ދަތުރުކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ ޅ. އަތޮޅު ލީގު ބުރުގެ ފަހު ދެމެޗު ކުޅެފައެވެ. އެ އަތޮޅުން ހަތަރު ޓީމު ވާދަކުރަމުންދާތީ، ލީގު ބުރަކަށްފަހު އެއްވަނަ އަދި ދެވަނަ ޓީމަށް ފައިނަލުގެ ޖާގަ ލިބޭނެއެވެ.
ރޭ ފަހު ދެމެޗަށް ނުކުތްއިރުވެސް ނައިފަރާއި ކުރެންދުއަށް ފައިނަލުގެ ބޮޑު ފުރުސަތެއް އޮތް އިރު، އެ ދެޓީމުން ކުރިމަތިލި މެޗު ރޭ ނައިފަރުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ނައިފަރުގެ އިބްރާހީމް ޝަރީފް މުހައްމަދު ދެ ގޯލު ޖެހި އިރު، އަބްދުލް ރަހުމާން ތިބިޔަން އަލީ ސައީދުވެސް ގޯލު ޖެހިއެވެ. ކުރެންދޫން ގޯލު ޖެހީ މުހައްމަދު މިދުހަތެވެ.
އެ އަތޮޅު ލީގު ބުރުގެ އަނެއް މެޗުގައި ހިންނަވަރުން ވަނީ އޮޅުވެލިފުށި ކައިރިން 6-5 ގެ ނަތީޖާއަކުންނެވެ. ހިންނަވަރުގެ އަހުމަދު އަބްދުﷲ (ލިލީ) މެޗުގައި ހެޓްރިކް ހެދި އިރު، އަހުމަދު ޝުޖާއު އަލީ ދެ ގޯލު ޖެހިއެވެ. އަދި އަލީ އަފްޒާން އިބްރާހީމްވެސް މެޗުގައި ގޯލު ޖެހިއެވެ.
އޮޅުވެލިފުށީގެ މަފާޒް އަބްދުލް ޝަކޫރު ދެ ގޯލު ޖެހުމުގެ އިތުރުން، ދެން ގޯލުތައް ޖެހީ މުހައްމަދު ސުހައިލާއި ހަސަން ޒަރީރު އަދި ސުޖާއު އަހުމަދެވެ.
ޅ. އަތޮޅު ލީގު ބުރު ނިމުނު އިރު، ނައިފަރު އެއްވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ކުރެންދުއާއި ތިންވަނައިގައި އޮތް ހިންނަވަރަށްވެސް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ކުރެންދުއަށް ކުރި ލިބުނީ ފައިދާ ގޯލުންނެވެ. އޮޅުވެލިފުށި ނިންމާލީ ތިން މެޗުން އެއް ޕޮއިންޓާއެކުގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: އދ. މަންދޫ - އދ. މަހިބަދޫ (އަތޮޅު ފައިނަލް)
ގްރައުންޑް 2: ގއ. ވިލިނގިލި - ގއ. ދެއްވަދޫ (އަތޮޅު ފައިނަލް)
21:00
ގްރައުންޑް 1: ހއ. މާރަންދޫ - ހއ. ދިއްދޫ (އަތޮޅު ސެމީ ފައިނަލް)
ގްރައުންޑް 2: ހއ. ވަށަފަރު - ހއ. ކެލާ (އަތޮޅު ސެމީ ފައިނަލް)
22:00
ގްރައުންޑް 1: ހދ. ނޭކުރެންދޫ - ހދ. ކުމުންދޫ (އަތޮޅު ސެމީ ފައިނަލް)
ގްރައުންޑް 2: ހދ. ނައިވާދޫ - ހދ. މަކުނުދޫ (އަތޮޅު ސެމީ ފައިނަލް)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް