ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ދ. އަތޮޅު ފައިނަލުގެ ދެވަނަ ޖާގަ އެންމެފަހުގެ ޗެމްޕިއަން ކުޑަހުވަދޫން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ދ. އަތޮޅުން މިފަހަރު އެންމެ ފުރަތަމަ ފައިނަލް ޔަގީންކުރީ މާއެނބޫދުއެވެ. އެޓީމުން ބަނޑިދޫއާއި ކުޑަހުވަދޫވެސް ބަލިކޮށް ފައިނަލް ޔަގީންކުރި އިރު، ފައިނަލުގެ ދެވަނަ ޖާގަ ރޭ ކުޑަހުވަދޫން ހޯދީ ބަނޑިދޫ ކޮޅަށް 11 ގޯލު ޖަހައި، 11-2 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.
ކުޑަހުވަދޫގެ ހުސައިން އިފްހާމް ހެޓްރިކް ހެދި އިރު، ޖުމައިލް ޖަމީލް (ޖުމްބެ) އާއި މުހައްމަދު އަރީޝް، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހިއެވެ. ދެން ގޯލުތައް ޖެހީ ހާރޫން އިބްރާހީމް (ހާންޑޯ) އާއި ހުސައިން އައިހަމްގެ އިތުރުން އަބްދުﷲ ސަރުމާދެވެ. އޭގެ އިތުރުން ބަނޑިދޫގެ މުހައްމަދު ލުފްޝާން އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.
ބަނޑިދޫގެ ގޯލުތައް ޖެހީ އިބްރާހީމް ޒައިދާނާއި އަލީ ސުހާން ހަސަނެވެ.
މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުގެ އަތޮޅު ފައިނަލުގައިވެސް މާއެނބޫދުއާއި ކުޑަހުވަދޫ ވާދަކުރި އިރު، އެ ހުރިހާ ފަހަރެއްގައިވެސް ތަށި ނެގީ ކުޑަހުވަދުއެވެ. ދ. އަތޮޅުގެ ފައިނަލް މެޗުތައް އަބަދުވެސް ފެނިފައިވަނީ ވަރަށް ފޯރި ގަދަކޮށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ވ. ފެލިދޫ - ވ. ކެޔޮދޫ (އަތޮޅު ފައިނަލް)
21:00
ގްރައުންޑް 1: ޅ. ނައިފަރު - ޅ. ކުރެންދޫ
ގްރައުންޑް 2: ޅ. ހިންނަވަރު - ޅ. އޮޅުވެލިފުށި
22:00
ގްރައުންޑް 1: ތ. ތިމަރަފުށި - ތ. ވޭމަންޑޫ (އަތޮޅު ސެމީ ފައިނަލް)
ގްރައުންޑް 2: ތ. ހިރިލަންދޫ - ތ. އޮމަދޫ (އަތޮޅު ސެމީ ފައިނަލް)
23:00
ގްރައުންޑް 1: ލ. ގަން - ލ. މުންޑޫ (އަތޮޅު ސެމީ ފައިނަލް)
ގްރައުންޑް 2: ލ. އިސްދޫ - ލ. މާބައިދޫ (އަތޮޅު ސެމީ ފައިނަލް)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް