ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ހދ. އަތޮޅު ގްރޫޕް ބީގައި ރޭ ނޮޅިވަރަމުން ނެއްލައިދޫ ބަލިކުރި އިރު، އެއަތޮޅުގެ އަނެއް ތިން މެޗު އެއްވަރުވެއްޖެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އަށް މެޗެއް ރޭވެސް ރެހެންދި ދަނޑުތަކުގައި ވަނީ ކުޅެފައެވެ. އޭގެ ތެރެއިން ހަތަރު މެޗަކީ ހދ އަތޮޅު ދެ ގްރޫޕްގެ މެޗުތަކެވެ. އެ އަތޮޅުން 10 ޓީމު ވާދަކުރަމުންދާ އިރު، ރޭ ގިނަ މެޗުތަކެއް އެއްވަރުވެ، ދެ ގްރޫޕްވެސް ވަނީ ފޯރިގަދަވެގެން ގޮސްފައެވެ.
އެ އަތޮޅުން ރޭ މޮޅެއް ހޯދި ނޮޅިވަރަމުން 2-0 އިން ނެއްލައިދޫ ބަލިކުރި އިރު، އެއީ ނޮޅިވަރަންގެ ފުރަތަމަ މެޗެވެ. އެ މެޗަށް އިދިކޮޅަށް ނުކުތް ނެއްލައިދޫ ފުރަތަމަ މެޗަކުން ބަލިވެފައި އޮތް އިރު، ރޭ ނޮޅިވަރަން މޮޅުވީ އަމްދާން އަލީ (އެންޑީ) އާއި ހުސައިން އީސަގެ ގޯލުތަކުންނެވެ.
ފުރަތަމަ މެޗުގައި ނެއްލައިދޫ ކައިރިން މޮޅުވެފައި އޮވެގެން ރޭ ވައިކަރަދޭއާ ދެކޮޅަށް ކުމުންދޫ ނުކުތް އިރު، އެ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ވައިކަރަދޫ ފުރަތަމަ ކުޅުނު މެޗުގައި ނައިވާދޫ ކައިރިން ބަލިވި އިރު، ރޭ ހޯދީ މުހިއްމު ޕޮއިންޓެކެވެ.
ރޭގެ މެޗުގައި ކުމުންދޫގެ ގޯލު ޖެހީ ސިނާން އިބްރާހީމެވެ. ވައިކަރަދޫގެ ގޯލު ޖެހީ އަހްމަދުﷲ މުހައްމަދު ސަލާތެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ގިނަ ސޭވްތަކެއް ކުރި ވައިކަރަދޫގެ ގޯލްކީޕަރު އިބްރާހީމް ވަހީދެވެ.
ފުރަތަމަ މެޗުގައި ބަލިވެފައި އޮވެގެން ރޭގެ މެޗަށް ނުކުތް ނޮޅިވަރަންފަރުން ފިނޭގެ ފުރަތަމަ މެޗުގައި އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. އެމެޗަކީ ހދ. އަތޮޅު ގްރޫޕް އޭގެ މެޗެކެވެ. އެ ގްރޫޕްގައި ދެން މަކުނުދޫއާއި ހަނިމާދޫ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ފުރަތަމަ ރޭ މޮޅެއް ހޯދާފައި އޮވެގެން ރޭ ހަނިމާދޫއާ ދެކޮޅަށް ނުކުތް މަކުނުދޫ މެޗް އެއްވަރުވި އިރު، މިހާތަނަށް ހަނިމާދުއަށް ދެ މެޗުން ލިބުނީ ޕޮއިންޓެކެވެ. އެޓީމުން ފުރަތަމަ ކުޅުނު މެޗުގައި ނޭކުރެންދޫ ކައިރިން ބަލިވީ ހަނިކޮށެވެ.
މަކުނުދުއަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ނުހާދު ފައުޒީއާއި ޒިދާން އަހުމަދެވެ. ނުހާދު ފުރަތަމަ މެޗުގައި ހެޓްރިކް ހެދިއިރު، އޭނާ މިހާތަނަށް މުބާރާތުގައި ހަތަރު ގޯލު ޖަހައިފައިވެއެވެ. މެޗުގައި ހަނިމާދޫގެ ގޯލުތައް ޖެހީ ހުޒާމް އަބްދުލް ރަހީމާއި މުހައްމަދު ހާލިދެވެ.
ރޭގެ މޮޅާއެކު މަކުނުދުއަށް ވަނީ ދެމެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުންދާ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށް ދާނެއެވެ.
މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ ވަން ސްޕޯޓްސްއެވެ.
16:00
ގްރައުންޑް 1: ރ. މަޑުއްވަރި - ރ. އަލިފުށި
ގްރައުންޑް 2: ރ. މީދޫ - ރ. އިނގުރައިދޫ
17:00
ގްރައުންޑް 1: އދ. ކުނބުރުދޫ - އދ. ދަނގެތި
ގްރައުންޑް 2: އދ. އޮމަދޫ - އދ. މަންދޫ
20:00
ގްރައުންޑް 1: ތ. ދިޔަމިގިލި - ތ. ވިލުފުށި
ގްރައުންޑް 2: ތ. އޮމަދޫ - ތ. ކިނބިދޫ
21:00
ގްރައުންޑް 1: ތ. ގާދިއްފުށި - ތ. ހިިރިލަންދޫ
ގްރައުންޑް 2: ތ. ވޭމަންޑޫ - ތ. ބުރުނި
22:00
ގްރައުންޑް 1: ށ. ކަނޑިތީމު - ށ. ފޭދޫ
ގްރައުންޑް 2: ށ. މިލަންދޫ - ށ. މަރޮށި
23:00
ގްރައުންޑް 1: ށ. ބިލެއްފަހި - ށ. ނަރުދޫ
ގްރައުންޑް 2: ށ. ޅައިމަގު - ށ. ގޮއިދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް