މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގައި ކްލަބު އެޗްޑީސީން ކުޅުނު ދެވަނަ މެޗުގައި ރޭ ބްލޫސް ފޯ ވޮލީބޯލް ބަލިކުރި އިރު، ސްޕޯޓްސް ކްލަބު ސިޓީން ދިވެހި ސިފައިންގެ ކްލަބު ބަލިކޮށްފިއެވެ.
ގައުމީ ވޮލީ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕް ކުޅެމުންދާއިރު، މެޗުތައް ފެށީ އާދީއްތަ ދުވަހުގެ ރޭގައެވެ. ފުރަތަމަ މެޗުގައި ސިފައިން ބްލޫސް ފޯ ވޮލީބޯލް ކައިރިން ސީދާ ތިން ސެޓުން މޮޅުވި އިރު، ދެން ކުޅުނު މެޗުގައި އެޗްޑީސީ ވަނީ ސިޓީ ކައިރިން ތިން ސެޓުން މޮޅުވެފައެވެ.
މި ފަހަރުގެ މުބާރާތުގެ ފޯމެޓް އޮތް ގޮތުން ފުރަތަމަ ކުޅޭނީ ލީގު ބުރެކެވެ. އެއްވަނަ ޓީމަށް ސީދާ ފައިނަލްގެ ޖާގަ ލިބޭއިރު، ދެވަނަ އަދި ތިންވަނަ ޓީމު ސެމީ މެޗެއް ކުޅޭނެއެވެ.
އެޗްޑީސީން ފުރަތަމަ މެޗުގައިވެސް މޮޅެއް ހޯދާފައި އޮވެ، އިއްޔެ ހަވީރު ނުކުތީ ބްލޫސް ފޯ ވޮލީބޯލްއާ ދެކޮޅަށެވެ. އެ މެޗުވެސް އެޗްޑީސީން ވަނީ ސީދާ ތިން ސެޓުން ގެންގޮސްފައެވެ. މެޗުގެ ސެޓުތައް ގެންދިޔައީ 25-21، 25-17 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އެޗްޑީސީގެ އަހުމަދު ނިމާލެވެ.
ސިފައިންނާ ދެކޮޅަށް ރޭ ނުކުމެ، ސިޓީންވެސް މެޗު ގެންދިޔައީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ގެންދިޔައީ 25-19، 25-19 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ސިޓީގެ ދްރުވިލް ނަޔަންބާއީ ޕަޓޭލެވެ.
ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު ދެމެޗު މިއަދާއި މިރޭ އޮންނާނެއެވެ.
ގައުމީ ވޮލީބޯޅަ މުބާރާތް
ގައުމީ ވޮލީބޯޅަ މުބާރާތް
ގައުމީ ވޮލީބޯޅަ މުބާރާތް
ގައުމީ ވޮލީބޯޅަ މުބާރާތް