ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ އަތޮޅު ބުރުގެ ތ. އަތޮޅު ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތައް، އެ އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން ތިމަރަފުއްޓާއި ހިިރިލަންދޫގެ އިތުރުން ބުރުންޏާއި ވިލުފުށިން ކާމިޔާބު ކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާ އިރު، ރޭ ވަނީ ތ. އަތޮޅު މެޗުތައް ފަށައިފައެވެ. އެ އަތޮޅުން ޖުމުލަ 10 ޓީމެއް މުބަރާތުގައި ބައިވެރިވެފައިވާ އިރު، އަތޮޅު ބުރުގެ ފުރަތަމަ މެޗުތައް ކުރިއަށްދާނީ ދެ ގްރޫޕަކަށް ޓީމުތައް ބަހާލައިގެންނެވެ.
އޭގެ ތެރެއިން ގްރޫޕް އޭގައި ރޭ ވިލުފުށިން އޮމަދޫ ކައިރިން 2-1 ގެ މޮޅެއް ހޯދި އިރު، އެ ގްރޫޕުގައި ކިނބިދުއާއި ތިމަރަފުށި ވާދަކުރި މެޗުވެސް ނިމުނީ 2-1 އިންނެވެ. މެޗުން މޮޅުވީ، މިހާތަނަށް ތިން ފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކޮށްފައިވާ ތިމަރަފުއްޓެވެ.
ދެހާސް ބާވީސްވަނަ އަހަރުފަހުން އަނެއްކާވެސް ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންދާ ތިމަރަފުއްޓަށް ރޭ ހޯދުނީ އުނދަގޫ މޮޅެކެވެ. އެޓީމުގެ ފުރަތަމަ ގޯލު، ކިނބިދޫގެ އަހުމަދު ހަމްދާން ހުސައިން އަތުން ބައިކޮޅަށް ވަން އިރު، ދެވަނަ ގޯލު ޖެހީ އަހުމަދު އަފްލާޒެވެ.
މެޗުގެ ފަހުކޮޅުގައި ކިނބިދޫން ކުޅުން ރަނގަޅުކޮށް އަލީ ފަލާހްގެ ގޯލުން ލީޑުގެ ފަރަގު ކުޑަކުރި އިރު، ފަހު މިނެޓުގައި ތިމަރަފުށީގެ ކެޕްޓަން އިބްރާހީމް ސިނާހަށް ވަނީ ރަތް ކާޑު ދައްކައިފައެވެ.
ވިލުފުއްޓާއި އޮމަދޫ ކުޅުނު މެޗުގައި ވިލުފުށީގެ ގޯލުތައް ޖެހީ ސަލްމާން ސަދީފާއި ޒަކަރިއްޔާ ޒަހޫރު އިސްމާއީލެވެ. އޮމަދޫގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ނާބިތު ހުސައިނެވެ.
ރޭ ކުޅުނު ތ އަތޮޅުގެ ގްރޫޕް ދޭއްގެ މެޗުތަކަށް ބަލާ އިރު، ހިރިލަންދޫން ވޭމަންޑޫ ކައިރިން މޮޅުވީ ފަހު ސިކުންތު ގޯލު ޖަހައިގެން 3-2 އިންނެވެ. އެ މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ ގްރޫޕްގެ އަނެއް މެޗުގައި އަލަށް މުބާރާތުގައި ވާދަކުރީ ތ. ކަނޑޫދޫގެ މައްޗަށް ބުރުނިން ވަނީ 4-1 އިން ކުރި ހޯދައިފައެވެ.
ހިރިލަންދޫ މެޗުގައި އެޓީމުގެ ގޯލުތައް މުހައްމަދު ނިޝާތާއި މުހައްމަދު ޝާން އަދި މުހައްމަދު ޝަމްހާން ޖެހި އިރު، ވޭމުންޑޫގެ އެއް ގޯލަކީ އަހުމަދު ހުޒާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި އެޓީމުގެ އަނެއް ގޯލު ޖެހީ އަބްދުﷲ ލަތީފެވެ.
ބުުރުނިން ހޯދި މޮޅުގެ އެންމެ ބޮޑު ރޯލެއް އަދާކުރީ އެޓީމަށް ދެ ގޯލު ޖަހައިދިނީ މުހައްމަދު ނާހިލް ނޫހެވެ. އޭނާގެ އިތުރުން ދެން އެޓީމުގެ ގޯލުތައް ޖެހީ މުހައްމަދު ޝާމާއި ހުސައިން މަމްދޫހު އަހުމަދެވެ. ކަނޑޫދޫގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ޒިދާން އީސައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުންދާ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ.
20:00
ގްރައުންޑް 1: ފ. ނިލަންދޫ - ފ. ބިލެއްދޫ
ގްރައުންޑް 2: ފ. މަގޫދޫ - ފ. ފީއަލި
21:00
ގްރައުންޑް 1: އއ. ބޮޑުފޮޅުދޫ - އއ. ފެރިދޫ
ގްރައުންޑް 2: އއ. ހިމަންދޫ - އއ. މާޅޮސް
22:00
ގްރައުންޑް 1: އއ. މަތިވެރި - އއ. ރަސްދޫ
ގްރައުންޑް 2: އއ. ތޮއްޑޫ - އއ. އުކުޅަސް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް