ޗައިނީސް ސުޕަ ލީގުގެ ޝަންހާއީ ޕޯޓުގައި އަށް ސީޒަން ހޭދަކުރުމަށްފަހު ބްރެޒިލްގެ މިޑްފީލްޑަރު އޮސްކާ، ބްރެޒިލްގެ ސައު ޕާލޯއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.
ކުރިން ޗެލްސީއަށް ވެސް ކުޅުނު އޮސްކާ، 2011 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ބްރެޒިލް ގައުމީ ޓީމަށް 48 މެޗު ކުޅެފައިވެއެވެ. ފައިސާގެ ބޮޑު ޑީލަކާ އެކު އުމުރުން 33 އަހަރުގެ އޮސްކާ ޗައިނާއަށް ބަދަލުވެ، މިދިޔަ އަށް ސީޒަނުގެ ތެރޭގައި ތިން ފަހަރަށް ޗައިނާ ލީގު ކާމިޔާބު ކޮށްފައިވެއެވެ.
ޒުވާން އުމުރުގައި އޮސްކާ ޗައިނާއަށް ބަދަލުވީ ޗެލްސީގައި ހުރެފައެވެ. އޭރު އޭނާގެ ޕީކްގައި ހުރި އިރު، އޮސްކާއަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. އެހެންނަމަވެސް އޮސްކާ ބުނީ ޗައިނާ ޑީލްގެ ފައިސާ އޭނާއަށް މުހިއްމު ކަމަށާއި ބޮޑު އާއިލާއަކަށް އޭނާއަށް ހަރަދުކުރަން ޖެހޭ ކަމަށެވެ.
އޮސްކާ މިފަހަރު އެނބުރި ބްރެޒިލަށް ދާން ވިސްނީ އޭނާގެ އެންމެ ފުރަތަމަ ކްލަބު ސައު ޕައުލޯއަށެވެ. އޮސްކާއަކީ ސައު ޕައުލޯ އެކަޑެމީން ކެރިއަރު ފަށައި، ދެ އަހަރު ވަންދެން އެ ކްލަބުގެ ސީނިއާ ޓީމުގައި ވެސް ހޭދަކުރި ކުޅުންތެރިއެކެވެ.
އެނބުރި އެ ކްލަބަށް ދާން އޮސްކާ ނިންމާފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމުގައެވެ. އޮސްކާ ބުނީ އެނބުރި ބްރެޒިލަށް ދިޔުމަކީ އުފަލެއް ކަމަށާއި ސައު ޕައުލޯއަކީ އޭނާގެ ހޯމް ކްލަބު ކަމަށާއި އެ ސަރަހައްދަކީ އޭނާ އުޅެ ބޮޑުވިތަން ކަމަށެވެ.
އޮސްކާ، ޗެލްސީއަށް ކުޅުނު 203 މެޗުގައި 38 ގޯލު ޖަހައި، އެ ކްލަބާ އެކު ޕްރިމިއާ ލީގާއި ޔޫރޮޕާ ލީގުވެސް ހޯދިއެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް