މެދުރާއްޖެތެރޭގެ ރަށެއްގައި ދަރިވަރުންތަކެއް ގްރޫމް ކުރި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ޓީޗަރު ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ސައުތް ސެންޓްރަލް ޕޮލިސް (މ،ފ،ދ،ތ އަދި ލ) ގައި ހިމެނޭ ރަށެއްގެ ސްކޫލުގައި މަސައްކަތް ކުރާ ފިރިހެން ޓީޗަރެއް ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ގްރޫމްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވަނި އޮކްޓޫބަރު މަހުގެ 17 ގައެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފައިވާ ކަމަށެވެ.

އެ ޓީޗަރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ ނޮވެމްބަރު މަހުގެ 25 ގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.