އަމިއްލަ ފަރާތެއް ކަމަށްވާ ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގޯލްޑް ކަޕްގެ ދެވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބ. އޭދަފުށިން ހއ. ދިއްދޫ ބަލިކުރި އިރު، ކ. ގުރައިދޫން ފުވައްމުލައް ބަލިކޮށްފިއެވެ.
ގޯލްޑް ކަޕްގެ ދެވަނަ ބުރުގައި ވާދަކުރަމުންދަނީ 12 ޓީމެވެ. 12 ޓީމު ހަތަރު ގްރޫޕެއްގައި ވާދަކުރަމުންދާ އިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ. އޭގެ ތެރެއިން ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ދެ ޓީމެވެ.
އިއްޔެ ގްރޫޕް އެފްގެ ފަހު މެޗުގައި އޭދަފުށިން ދިއްދުއާ ދެކޮޅަށް ނުކުތީ މޮޅުވާން މަޖުބޫރު މެޗެއްގައެވެ. އެ މެޗުގައި އޭދަފުށިން ވަނީ 4-1 އިން ދިއްދޫ ބަލިކޮށް ކުާޓާއަށް ދަތުރު ކޮށްފައެވެ. އެ ގްރޫޕުން ދެން ކުއާޓާއަށް ދިޔައީ ކ. މާފުއްޓެވެ.
އިއްޔެގެ މެޗަށް އޭދަފުށިން ނުކުތީ އީގަލްސްއަށް ކުޅެމުންދާ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ފުރަތަމަ 11 ގައި ހިމަނައިގެންނެވެ. އެއީ އީގަލްސްއިން ރިލީސް ދިނުމާ އެކުގައެވެ.
އިއްޔެގެ މެޗުގައި އޭދަފުށީގެ ގޯލުތައް ޖެހީ އިޝާން އިބްރާހީމް (ސައްޓު) އާއި އަލީ ނަސީމް (އައްޔަ) އަދި މުހައްމަދު ފާސިރު (ފާއްޓޭ)އެވެ. ފާއްޓޭ މެޗުގައި ދެ ގޯލު ޖަހާފައިވާ އިރު، ދިއްދޫގެ ހަމައެކަނި ގޯލު މެޗުގައި ޖެހީ ހުސައިން ޒިމްޔާނެވެ.
ދެވަނަ ބުރުގައި ގްރޫޕް އީ އޮތީ ފޯރިގަދަވެފައެވެ. އިއްޔެ އެ ގްރޫޕުގައި ފުވައްމުލަކު ކައިރިން 1-0 އިން ގުރައިދޫ މޮޅުވި އިރު، ގުރައިދުއަށް ވަނީ ގްރޫޕްގެ އެއްވަނަ ޔަގީންވެފައެވެ.
އެ ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން ފުވައްމުލަކާއި ތިމަރަފުށި ވަނީ 1-1 އިން އެއްވަރުވެފައެވެ. ދެވަނަ މެޗުން ތިމަރަފުށި އަތުން 1-0 އިން މޮޅުވެ، ރޭގެ މެޗަށް ނުކުުތްއިރުވެސް ގުރައިދުއަށް އޮތީ ކުއާޓާ ފައިނަލުގެ ޖާގަ ލިބިފައެވެ. ގުރައިދޫން ފުވައްމުލައް ބަލިކޮށް ގްރޫޕްގެ އެއްވަނަ ކަށަވަރުކުރި އިރު، ގްރޫޕުގެ ދެވަނަ ޓީމު ކަނޑައަޅާނީ ގުރުއަތުލުމަކުންނެވެ. އެއީ، ފުވައްމުލަކާއި ތިމަރަފުށި ހުރިހާ ގޮތަކުން އެއްވަރުވުމުންނެވެ.
ރޭގެ މެޗުގައި ގުރައިދޫގެ ހަމައެކަނި ގޯލު ޖަހައިދިނީ އަހުމަދު ޝުއޫންއެވެ.
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް