ލ. ގަމު ޒޯން ސްޓޭޑިއަމްގައި އިއްޔެ ފެށި، ލާމަސީލު ލާމު، ލ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗު އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) އިން ކާމިޔާބުކޮށްފިއެވެ.
މިފަހަރު ލ. އަތޮޅު ފުޓުބޯޅަ މުބާރާތް ހަތް ޓީމަކާއެކު އިއްޔެ ފަށާފައިވާ އިރު، މުބާރާތް ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި އިއްޔެ އައިވައިޔޫއިން ކިއުއެމް ސްޕޯޓްސް ކްލަބު ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
އިއްޔެ މެޗުގެ ފުރަތަމަ ހާފުގައި އައިވައިޔޫއިން ދެ ގޯލު ޖަހާފައިވާ އިރު، އެ ޓީމުގެ ފުރަތަމަ ދެ ގޯލު ޖެހީ އަހުމަދު ލަތީފާއި އިބްރާހީމް ޝަރީފެވެ. އިބްރާހީމް ޝަރީފް ޖެހި ގޯލަކީ ޕެނަލްޓީއެއްގައި ޖެހި ގޯލެކެވެ.
ދެވަނަ ހާފަށް ނުކުމެ އައިވައިޔޫއިން ލީޑު އިތުރަށް ފުޅާކުރީ މެޗު ނިމެން ދަނިކޮށެވެ. އެ ގޯލުތައް ޖަހައިދިނީ އަލީ ނާޝިދާއި އިހުސާނެވެ.
ލާމަސީލު ލާމު އަތޮޅު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އައިވައިޔޫއާއި ކިއުއެމްގެ އިތުރުން ދެން ހިމެނެނީ ޑައިސް އަދި ގޯޅި ސްޕޯޓްސް ކްލަބެވެ. އަނެއް ގްރޫޕުގައި ހިމެނެނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާއާއި މާހިންނަ ޔުނައިޓެޑް އަދި މަތިމަރަދޫ ޔޫތެވެ.
މިފަހަރުގެ ލ. އަތޮޅު މުބާރާތަކީ މިއަހަރު ބާއްވަން ތާވަލުކޮށްފައިވާ ގޯލްޑް ކަޕް 2025 ގެ ކޮލިފިކޭޝަން މުބާރާތެކެވެ. ގޯލްޑް ކަޕުގެ ކޮލިފިކޭޝަން އިއްޔެ ލ. އަތޮޅުން ފެށި އިރު، މުބާރާތް ކާމިޔާބުކުރީ ކްލަބު ނިސްބަތްވާ ރަށަކަށް ގޯލްޑް ކަޕުން ފުރުސަތު ދޭން ވަނީ ނިންމައިފައެވެ.
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް
ލ. އަތޮޅު ފުޓުބޯޅަ މުބާރާތް