ލ. ގަމު ޒޯން ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ލާމަސީލު ލާމު، ލ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖު ނިމި، ސެމީ ފައިނަލްގެ މެޗުތަކަށް ތައްޔާރުވެއްޖެއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖު ނިމިފައި ވަނީ ހޮނިހިރު ދުވަހުއެވެ. އެއާއެކު މިއަދު ހަވީރު ސެމީ ފުރަތަމަ މެޗު ކުޅެން ތައްޔާރުވެފައިވާ އިރު، އެ މެޗުގައި ވާދަކުރާނީ ގްރޫޕް އޭގެ އެއްވަނަ ގޯޅި ސްޕޯޓްސް އަދި ގްރޫޕް ބީގެ ދެވަނަ މަތިމަރަދޫ ޔޫތެވެ.

ގޯޅިން ގްރޫޕްގެ އެއްވަނަ ހޯދީ މެޗަކުން ބަލިނުވެ، ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ. އަނެއްކޮޅުން މަތިމަރަދޫ ޔޫތަށް ގްރޫޕް ބީގެ ދެވަނަ ލިބުނީ ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށްގެންނެވެ.

މާދަމާ ސެމީ ފައިނަލް ދެވަނަ މެޗު އޮންނަ އިރު، އެމެޗުގައި ވާދަކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމު، މާހިންނަ ޔުނައިޓެޑެވެ. މާހިންނަ އެ ގްރޫޕްގެ އެއްވަނަ ހޯދީ ކުޅުނު ދެމެޗުވެސް ކާމިޔާބު ކޮށްގެންނެވެ. އެޓީމުން ވަނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާއާއި މަތިމަރަދޫވެސް ގްރޫޕް ސްޓޭޖުގައި ބަލިކޮށްފައެވެ.

މާހިންނަ ސެމީގައި ވާދަކުރާނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ، ގްރޫޕް ބީގެ ދެވަނަ ހޯދި ދަނބިދޫ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓާ ދެކޮޅަށެވެ.

މިފަހަރުގެ ލ. އަތޮޅު މުބާރާތަކީ މިއަހަރު ބާއްވަން ތާވަލުކޮށްފައިވާ ގޯލްޑް ކަޕް 2025 ގެ ކޮލިފިކޭޝަން މުބާރާތެކެވެ. ގޯލްޑް ކަޕުގެ ކޮލިފިކޭޝަން އިއްޔެ ލ. އަތޮޅުން ފެށި އިރު، މުބާރާތް ކާމިޔާބުކުރީ ކްލަބު ނިސްބަތްވާ ރަށަކަށް ގޯލްޑް ކަޕުން ފުރުސަތު ދޭން ވަނީ ނިންމައިފައެވެ.

މިއަދުގެ ސެމީ ފައިނަލް މެޗު ފަށާނީ ހަވީރު 4:00 ގައެވެ.