ފިއުލް ސަޕްލައި މޯލްޑިވެސް (އެފްއެސްއެމް) އިން ހިނގި 28 މިލިއަން ރުފިޔާގެ ތެލުގެ ބޮޑު ހިޔާނާތާ ގުޅިގެން އެސްޓީއޯގެ ބޯޑު މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފިއެވެ.
މިއަދު ބޭއްވި އެ ކޮމިޓީ ބައްދަލުވުުގައި އެސްޓީއޯ އިން ވަނީީ ކޮމިިޓީ ބައްދަލުވުން ސިއްރު ކޮށްދިނުމަށް އެދިފައެވެ.
އެސްޓީއޯއިން އެދުނު ގޮތަށް ކޮމިޓީގެ ނާއިބު މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުމަށް މެންބަރުންނަށް ފުރުސަތު ދެއްވިއެވެ.
އެކަމާ ގުޅިގެން ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ. ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާއެވެ.
އެ ހިސާބުން ކޮމިޓީގެ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ފާސްކުރިއެވެ.
ތެލުގެ މުއާމަލާތްތައް ކުރުމަށް އެސްޓީއޯގެ ދަށުން ހިންގާ އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އެކަމުން ލިބޭ ފައިސާ ލޯންޑާ ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ވަނީ ތަހުގީގުކުރަން ފަށައިފައެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 2018 އިން 2019 އާ ދެމެދު އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓު ދިރާސާ ކުރުމެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރު، މާމިނގިލީ ދާއިރާގެ މެންބަރު ގާސިމު އިބްރާހިމް ވިދާޅުވެފައިވަނީ، އެމްޕީއެލްއަށް ބޭނުންވާ ޑީސަލް ގަތުމާބެހޭ މުއާމަލާތްތަކުން، 28.3 މިލިއަން ރުފިޔާގެ ތެލުގެ ހިޔާނާތްތަކެއް، 2018، 2019 އަދި 2020 ގައި ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު