އަމިއްލަ ފަރާތެއް ކަމަށްވާ ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގޯލްޑް ކަޕްގެ ދެވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި ތ. ތިމަރަފުށި ކައިރިން މޮޅުވެ، ކ. ގުރައިދޫ ކުއާޓާ ފައިނަލް ޔަގީންކުރި އިރު، ހއ. ދިއްދޫން ވަރުގަދަ ފޯމެއްގައި އޮތް މާފުށި ބަލިކޮށްފިއެވެ.
ގޯލްޑް ކަޕްގެ ދެވަނަ ބުރުގައި ވާދަކުރަމުންދަނީ 12 ޓީމެވެ. 12 ޓީމު ހަތަރު ގްރޫޕެއްގައި ވާދަކުރަމުންދާ އިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ. އޭގެ ތެރެއިން ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ދެޓީމެވެ.
އިއްޔެ ހަވީރު ކުޅުނު ގްރޫޕް އީގެ މެޗުގައި ތިމަރަފުށި ކައިރިން ގުރައިދޫ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ފުވައްމުލަކު ސިޓީއެވެ. އެ ގްރޫޕުގައި ފުރަތަމަ ކުޅުނު މެޗުގައި ތިމަރަފުއްޓާއި ފުވައްމުލައް އެއްވަރުވެފައި އޮތް އިރު، ތިމަރަފުއްޓަށް ވަނީ އަމިއްލަ ބާރު ގެއްލިފައެވެ. އެއީ ގުރައިދުއާއި ފުވައްމުލައް ވާދަކުރާ މެޗުން ފުވައްމުލަށް މޮޅުވެއްޖެނަމަ، ތިމަރަފުއްޓަށް ފުރުސަތެއް ނޯންނާނެތީއެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ގުރައިދޫން ޖެހި ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް އަހުމަދު އިބްރާހިމެވެ.
ރޭ ކުޅުނު މެޗަކީ ގްރޫޕް އެފްގެ މެޗެވެ. އެ މެޗަށް ނުކުތްއިރު މާފުށި ފުރަތަމަ މެޗުގައި ބ. އޭދަފުށި ބަލިކޮށްފައި އޮތް އިރު، ދިއްދޫން ރޭ 2-0 އިން މާފުށި ބަލިކުރުމުން ގްރޫޕް ވަނީ ފޯރިގަދަވެފައެވެ.
މިހާރު ދިއްދޫ ގްރޫޕް އެއްވަނައިގައި ތިން ޕޮއިންޓާއި ފައިދާ ދެ ގޯލާއެކު އޮތް އިރު، ދެވަނައިގައި އޮތީ މާފުއްޓެވެ. އެއީ ތިން ޕޮއިންޓާއި ފައިދާ އެއް ގޯލާއެކުގައެވެ. ދެން އެ ގްރޫޕްގައި އޮންނާނީ އޭދަފުއްޓާއި ދިއްދޫ ވާދަކުރާ މެޗެވެ. އެ މެޗަކީ ގްރޫޕުން ކުއާޓާއަށް ދާ ދެޓީމު ކަނޑައަޅާނެ މެޗެވެ.
ރޭ ދިއްދޫން ކުޅުނު މެޗުގައި މާފުށި ކޮޅަށް އެޓީމުގެ ގޯލުތައް ޖަހައިދިނީ އަހުޒަމް ރަޝީދާއި އާދަމް އާޒިމެވެ.
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް