މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެންނަ އިސްލާހު ގެނައުމަށާއި ގޭންގު ކުށްތައް ހުއްޓުވަން އާ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތައް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މިހާރު އަމަލުކުރަމުން އަންނަ މަސްތުވާތަކެތީގެ ގާނޫނުގައި ހުރި އުނިކަންތައް ކަމަށެވެ.
"އެހެންކަމުން މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތަކުގެ މަޝްވަރާ އާއެކު މަސްތުވާތަކެއްޗާބެހޭ ގާނޫނު ރިވިއުކުރުމަށްފަހު، އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މި ހަފުތާ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ގޭންގު ކުށްތަކުގެ މައްސަލައަކީ މަސްތުވާތަކެއްޗާ ވަރަށް ބޮޑަށް ގުޅިފައިވާ މައްސަލައަކަށްވާތީ ރާއްޖެ ރައްކާތެރިކޮށް ސަލާމަތް ކުރުމަށްޓަކައި މިހާރު އަމަލުކުރަމުންދާ ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ ބަދަލުގައި މި ސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
އަދި އެފަދަ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް ދިވެހި ރައްޔިތުން ދެމުންދާ އެއްބާރުލުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު