ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އިސްލާމްއާބާދުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް މިއަދު ހެނދުނު ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުންނަށް އިސްތިގުބާލުކުރައްވައި މަރުހަބާ ދެންނެވީ ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ތާހާ ކަމަށެވެ.

މި ޒިޔާރަތުގައި ރައީސްގެ ދެކަނބަލުން ވަނީ ހައިކޮމިޝަނުގެ އޮފީސް ބައްލަވާލައްވައި، އެތަނުގައި ހިދުމަތް ކުރައްވާ މުވައްޒަފުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އަދި ހައިކޮމިޝަނަށް ވަޑައިގަންނަވާ ހާއްސަ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް ވަނީ ހަނދާނީ ބަޔާނެއް ލިޔުއްވައި ސޮއިކުރައްވާފައެވެ.