އުމުރުން 31 އަހަރުގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ، ޔުވެންޓަސްއާއެކު ވެފައިވާ އެއްބަސްވުން ދެފަރާތުން ވާހަކަ ދައްކައިގެން ބާތިލުކޮށްފިއެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަސް ތެރޭގައި މަނާ ބޭހަށް ޕޮޒިޓިވް ވެ، ޕޮގްބާ ފުޓުބޯޅައިން ހަތަރު އަހަރަށް ސަސްޕެންޑް ކުރި ކަމަށް ފުރަތަމަ ނިންމީ މިއަހަރު ކުރީކޮޅުގައެވެ. އިޓަލީގެ ނޭޝަނަލް އެންޓި ޑޯޕިން ޓްރައިބިއުނަލް (ނާޑޯ) އިން ޕޮގްބާ ސަސްޕެންޑް ކުރަން ނިންމީ ދެ ސާމްޕަލެއްގެ ޓެސްޓޮސްޓެރޯން ލެވެލް މާ ބޮޑަށް މަތިވުމުންނެވެ. ޓެސްޓޮސްޓެރޯން އިންޖެކްޓް ކުރުމަކީ ބައެއް ކުޅުންތެރިން ޕާފޮމަންސް ރަނގަޅު ކުރުމަށް ކުރާ ކަމެކެވެ.
އެ ސަސްޕެންޝަނާއެކު އަލުން ފުޓުބޯޅައަށް ނާދެވޭ ގޮތަށް ޕޮގްބާ ހުރި ހުރުމަށް ނިމުން އައިީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން އޭނާގެ އިސްތިއުނާފު މައްސަލަ ނިންމި ހިސާބުންނެވެ. ކާސްއިން ވަނީ ޕޮގްބާގެ ސަސްޕެންޝަން 18 މަހަށް ކުޑަކުރަން މިދިޔަ މަހު ތެރޭގައި ނިންމައިފައެވެ.
އެ ނިންމުމާއެކު ޕޮގްބާއަށް ޖެނުއަރީގައި ތަމްރީނުތަކަށް ނުކުމެވޭނެ އެވެ. އަދި މާޗު މަހު އަނބުރާ ކުޅުމަށްވެސް ނުކުމެވޭނެއެވެ.
ޕޮގްބާ ޔުވެންޓަސްއާއެކު ހަދާފައިވާ އެއްބަސްވުން އުވާލިކަމަށް އެ ކްލަބުން އިއުލާނު ކޮށްފައިވާ އިރު، އޭނާ ބުނީ ޔުވެންޓަސް ޖާޒީ ލުމަށް ކެރިއަރުގައި ލިބުނު ފުރުސަތަށް އަބަދުވެސް ފަހުރުވެރިވާ ކަމަށެވެ.
ޕޮގްބާ މިވަގުތު ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި އިރު، އޭނާ ދެން ދާނެ ކްލަބަކަށް އެޖެންޓް މަޝްވަރާކުރަމުން އަންނަ ކަމަށް ނޫސްތައް ބުނެއެވެ.
ފްރާންސާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދި ޕޮގްބާ ވަނީ ގައުމީ ޓީމަށްވެސް 91 މެޗު ކުޅެފައެވެ. އޭނާ ފުރަތަމަ ގައުމީ ޓީމަށް ނުކުތީ 2013 ވަނަ އަހަރުއެވެ.
ޕޮގްބާގެ ކެރިއަރުގައި އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑަށްވެސް ގިނަ މެޗުތަކެއް ކުޅެފައެވެ.
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ