މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑު، ލޯނު އެއްބަސްވުމެއްގައި ބާސެލޯނާއަށް ބަދަލުވާން ނިންމާފައިވާ ކަމަށް ނޫސްތަކުން ބުނެފައިވުމާއެކު، އެ ނިންމުމުން ޔުނައިޓެޑަށް ގެއްލުންވާނެ ކަމަށް ކުރިން އެ ކްލަބަށް ކުޅުނު މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފިއެވެ.
ރަޝްފޯޑު، 27، މިދިޔަ ޑިސެމްބަރު މަސް ތެރޭގައިވެސް ޔުނައިޓެޑް ދޫކޮށްލާ ހިޔާލު ގެންގުޅޭ ކަމަށް ބުނެފައިވެއެވެ. ރުބެން އަމޯރިމްގެ ފުރަތަމަ 11 އިން ޖާގަ ގެއްލި، މާ ބޮޑަށް ބާކީވުމުގެ ސަބަބުން ރަޝްފޯޑު ޔުނައިޓެޑް ދޫކޮށްލުމުގެ ހިޔާލު ގެންގުޅެފައިވާ އިރު، އޭނާ މިދިޔަ ސީޒަނުގެ ފަހު ބައި ހޭދަކުރީވެސް އެސްޓަން ވިލާގައެވެ. އެއީވެސް ލޯނެއްގައެވެ.
ރަޝްފޯޑު ސީޒަނުގެ ފަހު ބައިގައި އެސްޓަން ވިލާއަށް 17 މެޗު ކުޅެ، ހަތަރު ގޯލު ޖަހައި ހަ އެސިސްޓް ފުރިހަމަ ކޮށްފައިވެއެވެ.
"އެއީ ގަބޫލުކުރަންވެސް ދަތި ވާހަކައެއް. އެހެންވިޔަސް އަހަރެން ރަޝްފޯޑަށް ޓަކައި އުފާކުރަން. އެއީ ރަޝްފޯޑަށް އެ ދެވެނީ ބޮޑު ކްލަބަކަށް. ބާސާއަކީ ވަރުގަދަ ބޮޑު ކްލަބެއް. ޔުނައިޓެޑުން ރަޝްފޯޑު ނަންބަރުވެސް އަތުލައި، ބާކީ ކޮށްލި. ޔުނައިޓެޑަށް އެ ގެއްލުނީ މުހިއްމު ކުޅުންތެރިއެއް،" ޕޮގްބާ ބުންޏެވެ.
ކުރިން ޔުނައިޓެޑަށް ކުޅުނު ޕޮގްބާ، މަނާ ބޭހަށް ޕޮސިޓިވް ވެ، ބޮޑު ސަސްޕެންޝަނެއްގައި ހޭދަކުރުމަށްފަހު އަލުން އެނބުރި ފުޓުބޯޅައަށް ނުކުތީ މި މަސް ތެރޭގައެވެ. އެއީ ފްރާންސް ލީގުގެ އޭއެސް މޮނާކޯއަށް ބަދަލުވެގެންނެވެ.
ޕޮގްބާ ބުނީ ރަޝްފޯޑަކީ ބާސާއަށް ބޭނުންތެރި ކުޅުންތެރިއަކަށް ވާނެ ކަމަށާއި، ބާސާ ކޯޗުގެ ޕްލޭނަށް ރަޝްފޯޑު ފިޓްވާނެ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް