ގާތްގަނޑަކަށް 800 އަށްވުރެ ގިނަ ދުވަސްފަހުން ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ މިދިޔަ ސީޒަނުގައި އެނބުރި މެޗަކަށް ނުކުމެފައިވާ އިރު، މޮނާކޯއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އުވާލައިފިއެވެ.
ފްރާންސާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މިޑްފީލްޑަރު ޕޮގްބާ މިދިޔަ ސީޒަނަށް ނުކުތީ، 2023 ވަނަ އަހަރު ސެޕްޓެމްބަރު މަހު ތިންވަނަ ދުވަހަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ނުކުޅެ ހުރުމަށްފަހުއެވެ. އުމުރުން 33 އަހަރުގެ ޕޮގްބާ މިދިޔަ ސީޒަނުގައި އަލުން ދަނޑަށް ނުކުތީ ސަސްޕެންޝަނުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. ޑިހައިޑްރޯޕިއަންޑްރޮސްޓެރޯން ނަމަކަށް ކިޔާ މަނާ ބޭހަކަށް ޕޮސިޓިވްވެ، އޭނާ ފުޓުބޯޅައިން ބޭން ކުރީ 2024 ވަނަ އަހަރު ފެބްރުއަކީ މަހުގައެވެ.
ސަސްޕެންޝަނާއެކު ޕޮގްބާ ބުނީ، އޭނާއަށް ނޭނގި، މަނާ ބޭހުގެ ބާވަތެއް ހިމެނޭ ސަޕްލިމެންޓެއް ބަޔަކު ފޯރުކޮށްދިނީ ކަމަށެވެ. އަދި ގަސްދުގައި އެކަހަލަ އެއްވެސް ބާވަތެއްގެ ބޭހެއް ބޭނުން ނުކުރާ ކަމަށް އޭނާ ވަނީ ކިޔައިދީފައެވެ.
ޕޮގްބާއަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް އެފަހަރު އައި ނަމަވެސް، ފަހުން ކާސްއިން ވަނީ އެ ސަސްޕެންޝަން 19 މަހަށް ކުޑަކޮށްދީފައެވެ.
ސަސްޕެންޝަން ފުރިހަމަކޮށް ޕޮގްބާ މޮނާކޯއާ ގުޅުނީ މިދިޔަ ސީޒަނަށެވެ.
މޮނާކޯއިން ޕޮގްބާގެ އެއްބަސްވުން ބާތިލުކުރިކަން މިއަދު ޔަގީން ކޮށްދީފައިވާ އިރު، އޭނާ ދެން ދާނި ވަކި ކްލަބެއްގެ މަޝްވަރާ އަދި ފަށާފައެއް ނުވެއެވެ. އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައި ވަނީ އޭނާއަށް ބައެއް ކްލަބުތަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ސީދާ ވަކި ގޮތެއް ނިންމަން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ކޮމެންޓް