ކުޑަ ދެ އަންހެން ކުދީންނަށް ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ބުނީ ގއ، ގދ، ސ، ޏ އަތޮޅު ހިމެނޭ ރަށެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އެގާރަ އަހަރުގެ އަންހެން ކުއްޖަކަށް އަދި ހަތް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ރިޕޯޓު ކުރިކަމަށެވެ.
އެ މައްސަލައާ ގުޅިގެން 56 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްފައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުންގެންދަނީ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު