ބ. އޭދަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން، ބަނދަރާއި ބަނދަރު ޗެނަލް އަލުން ފުންކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ.

އެމްޓީސީސީން އިއްޔެ ބުނީ މިހާރު ހުރި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 94 އިންސައްތަ ނިމިފައިވާ ކަމަށާއި ބަނދަރު ޗެނަލްގެ ކޮނުމުގެ 93 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ކުއޭ ވޯލް ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 64.67 މިލިއަން ރުފިޔާއަށެވެ.

  • 28,304 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ، ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން
  • 3354 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
  • 402 މީޓަރުގެ އެއްގަމުތޮށިލުން
  • 170 މީޓަރުގެ ބޭރުތޮށިލުން
  • ބަނދަރުގެ 383 މީޓަރުގެ ރިވެޓްމެންޓް ޖެހުން
  • 11 މީޓަރު ދިގު، 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން
  • 18 މީޓަރު ދިގު ދެ މީޓަރު ފުޅާ ބުރިޖެއް ހެދުން
  • 1814 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި މޫރިން ބޯއީސް ހަރުކުރުން