ޓޫރިސްޓު ވިސާގައި ރާއްޖެ އަންނަ ފަރާތްތަކަށް 19 ސިނގިރޭޓުގެ ފޮއްޓެއް ގެނެވޭ ގޮތަށް އޮތް އުސޫލު 200 ސިނގިރޭޓަށް ނުވަތަ ދިހަ ފޮއްޓަށް ބަދަލުކޮށްފިއެވެ.
މީގެ ކުރިން ދިވެހިންނާއި ޓޫރިސްޓުން ވެސް އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތައް ޑިއުޓީ ނުދައްކާ ވަކި މިންވަރަކަށް ރާއްޖެ އެތެރެ ކުރެވެއެވެ. ނަމަވެސް މި މަހުން ފެށިގެން ސަރުކާރުން އޮތީ އެގޮތަށް ލުއި ދިނުން ހުއްޓާލައިފައެވެ.
އިއްޔެ އަމަލުކުރަން ފެށި "ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެންނަ ތަކެތިން ޑިއުޓީ މާފުކުރުމުގެ އުސޫލު" ގައި ވާ ގޮތުން ޓޫރިސްޓުން އަމިއްލަ ބޭނުމަށް އެތެރެކުރާ 200 ސިނގިރޭޓް (އެއް ކާޓަން ސިނގިރެޓް) ނުވަތަ 25 ސުއްޓާ ނުވަތަ 250 ގްރާމްް ދުންފަތުން ޑިއުޓީ ނުނަގާނެއެވެ.
އެ އުސޫލުގައިވާ ގޮތުން ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މައާފްވާ މިންވަރު 10،000ރ. އަށް ވަނީ މިހާރު ބޮޑުކޮށްފަ އެވެ.
ޓޫރިސްޓުންނަށް ގެނެވޭ ސިނގިރޭޓާއި ދުންފަތުގެ އަދަދު އިތުރުކޮށްފައިވާއިރު، ސަރުކާރުން ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށް، އަދި އަންނަ މަހުން ފެށިގެން އެ ތަކެތި ވިއްކުން މަނާކުރަން ނިންމައިފަ އެވެ. އޭގެއިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން ސިނގިރޭޓާއި ބިޑި ފަދަ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 50 ޕަސަންޓު ބޮޑުކޮށްފަ އެވެ.
މި ބަދަލާއެކު ކުރިން 105 ރުފިޔާއަށް ވިއްކި ސިނގިރޭޓް ފޮށްޓެއް މިހާރު ލިބެނީ 240-250 އާ ދެމެދުގެ އަގެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު