ރާއްޖޭގެ ހާލަތު މިހާ ހިސާބަށް ވެއްޓި، ރާއްޖެ ހަލާކުވެގެން ދިއުމުގެ ހަގީގީ ޒިންމާ ނަގަންޖެހޭ ބަޔަކީ މިހާރުގެ މައި އިދިކޮޅު ޕާޓީ އެމްޑީޕީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް މިއަދު ދެއްވި އިންޓަވިއެއްގައި ޔާމީން ވިދާޅުވީ ސިޔާސީ މަސައްކަތްތަކެއް ކުރުމާ ގުޅޭގޮތުން އެމްޑީޕީއާއެކު ވާހަކަތަކެއް ދެއްކެވިދާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީއާއެކު އެއްބަސްވުމެއް ހަދައި މި ސަރުކާރު ވައްޓާލަން ނުވަތަ މި ސަރުކާރަށް ދެރައެއް ދިނުމަށް މަސައްކަތް ނުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނަކީ އެއްވެސް ވަރަކަށް އެމްޑީޕީއަށް އިތުބާރު ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި އެމްޑީޕީން މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ. އެކަމަކު ވެސް އެމްޑީޕީން ރަނގަޅު ބައެއް ކަންކަން ކޮށްދީފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
"އެކަމަކު މުޅި މަސައްކަތަށް ބަލާއިރު ދިވެހިރާއްޖެ މިހާވަރަށް އަޅުވެތިވެގެން މިދިޔައީ، މިހާވަރަށް އިންޑިއާގެ ދަށުވެ އަޅުގަނޑުމެން މި ހުރިހާ ހަލާކުވެގެން ދިޔުމަކީ ހަމަ އެމްޑީޕީ ސަރުކާރުގެ އޭގެ ފުރިހަމަ ޒިންމާ ނަގަންޖެހޭ ކަމެއް" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެ މަނިކުފާނާއި އެމްޑީޕީ ގުޅިގެން މަސައްކަތް ނުކުރާނެ ކަމަށާއި ސަބަބަކީ އެމްޑީޕީއާއި އެ މަނިކުފާނުގެ ވިސްނުން ތަފާތުވުން ކަމަށެވެ. ޔާމީން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ވަނީ އެ މަނިކުފާނަށް ވަރަށް ބޮޑަށް ޖެއްސުން ކޮށްފައި ކަމަށެވެ. އެހެންކަމުން އެމްޑީޕީއާއެކު ސިޔާސީ މަސައްކަތެއް ކުރަންވީ ސަބަބެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު