އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓް ދިރާސާކޮށް މިމަހު 20 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓް ކޮމެޓީން ނިންމަން އެ ކޮމިޓީން ފާސްކޮށްފިއެވެ.
ބަޖެޓް ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި، މިމަހު 20 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓްގެ މަސައްކަތް ކޮމިޓީން ނިންމަން ހުށަހެޅުއްވީ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުްގަފޫރު މޫސާ އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
ބަޖެޓާ ބެހޭގޮތުން، ގަވަރުނަރާއި، އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގެ އިތުރުން، މުއައްސަސާތަކުން ދެކޭގޮތް ލިޔުމުން މަޖިލީހަށް ހުށަހެޅުމަށް، މިއަދު އެ ފަރާތްތަކަށް ސިޓީ ފޮނުވަން ޝުޖާއު ވަނީ ގަފޫރުގެ ހުށަހެޅުމަށް އިތުރު ކުރުމަށް ހުށަހަޅުއްވައިފައެވެ.
ކޮމިޓީން ވަނީ އެ ހުށަހެޅުންތައް ފާސްކޮށްފައެވެ.
އެކަމާ ގުޅިގެން ކޮމެޓީގެ މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވީ، ކޮމިޓީން ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ފެށޭއިރު ބަޖެޓާބެހޭ ހުރިހާ މައުލުމާތެއް ކޮމިޓީއަށް ލިބޭނެ ކަމަށެވެ.
އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު