ބ. އޭދަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމައިފިއެވެ.
އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ގާ އެތުރުމުގެ މަސައްކަތް ކަމަށެވެ.
އޭގެ އިތުރުން އެމްޓީސީސީން ބުނީ މިހާރު ހުރި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިފައިވާ ކަމަށާއި ނެރުނު ފުންކުރުމުގެ 93 ޕަސަންޓް މަސައްކަތް ވެސް ނިންމިފައިވާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 64.67 މިލިއަން ރުފިޔާއަށެވެ.
- 28,304 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ، ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން
- 3354 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
- 402 މީޓަރުގެ އެއްގަމުތޮށިލުން
- 170 މީޓަރުގެ ބޭރުތޮށިލުން
- ބަނދަރުގެ 383 މީޓަރުގެ ރިވެޓްމެންޓް ޖެހުން
- 11 މީޓަރު ދިގު، 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން
- 18 މީޓަރު ދިގު ދެ މީޓަރު ފުޅާ ބުރިޖެއް ހެދުން
- 1814 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި މޫރިން ބޯއީސް ހަރުކުރުމުގެ މަސައްކަތް
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު