ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ އިތުރު ބިދޭސީންތަކެއް އަތުލައިގަނެ ޑީޕޯޓުކޮށްލައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ އެމީހުން އަތުލައިގަނެފައިވަނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިމަހު ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި ކަމަށެވެ.
އެ އިންސްޕެކްޝަންތަކުގައި އެފަދަ ފަސް މައްސަލައަކާ ގުޅިގެން ބިދޭސީ ހަތް އަންހެނަކު އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ ދެ ފިރިހެނަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އެ މައްސަލަތައް ތަހުގީގުކުރުމަށްފަހު އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް އޭގެ ތެރެއިން ފަސް އަންހެނަކު އަދި އެއް ފިރިހެނަކު މިހާރު ޑީޕޯޓުކޮށްލާފައިވާ އަނެއް ތިން ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އިމިގްރޭޝަނުން ވަނީ މިދިޔަ އޮގަސްޓް މަހުން ފެށިގެން ހާއްސަ އިންސްޕެކްޝަންތަކެއް ކުރިއަށްގެންގޮސް، ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީންތަކެއް އަތުލައިގަނެ، ޑީޕޯޓްކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު