އުޒްބެކިސްތާނުގައި ކުރިއަށްދާ ކާވާ ޗެލެންޖް ކަޕް 2024ގެ ލީގު ބުރުގައި ރާއްޖެއިން ކުޅުނު އެންމެފަހު މެޗުގައި މިއަދު ތަޖިކިސްތާން ބަލިކޮށްފިއެވެ.
މިފަހަރުގެ ކާވާ ޗެލެންޖް ކަޕް ރާއްޖެއަށް ދިޔައީ ދަށްކޮށެވެ. މިއަދުގެ މެޗަށް ނުކުތް އިރު، ރާއްޖެ އޮތީ އޭގެ ކުރިން ކުޅުނު ހުރިހާ މެޗަކުންވެސް ބަލިވެފައެވެ. ފުރަތަމަ މެޗުގައި ކިރިގިސްތާން ކައިރިން ބަލިވީވެސް ސީދާ ތިން ސެޓުންނެވެ. އަދި ދެވަނަ މެޗުގައި ތުރުކުމެނިސްތާން އަތުން ރާއްޖެ ބަލިވީ 3-2 ސެޓުންނެވެ. އޭގެފަހުން އަފްގާނިސްތާނާއި އުޒްބެކިސްތާން އަތުންވެސް ސީދާ ތިން ސެޓުން ރާއްޖެ ބަލިވެފައިވާ އިރު، މިއަދު ތަޖިކިސްތާން ކައިރިން މޮޅުވީ 3-1 ސެޓުންނެވެ.
މިއަދުގެ ނަތީޖާއާއެކުވެސް ރޭންކިން ރަނގަޅު ހިސާބެއްގައި ލީގު ބުރު ނިންމައިނުލެވުމުން ރާއްޖެއަށް ވަނީ މެޑަލްއެއްގެ އުންމީދު ގެއްލިފައެވެ. ދެން ރާއްޖެއަށް މުބާރާތުގައި އޮންނާނީ ކްލެސިފިކޭޝަން ރޭންކިން މެޗެކެވެ.
މިއަދުގެ މެޗުގައި ރާއްޖެއިން ފުރަތަމަ ސެޓު، 25-20 އިން ގެންދިޔަ ނަމަވެސް، ދެވަނަ ސެޓުގައި ތަޖިކިސްތާނުން ކުޅުން ރަނގަޅުކުރިއެވެ. އަދި އެ ސެޓުގައި ރާއްޖޭގެ ކުޅުންތެރިން އަތުން އަމިއްލަ ގޯސްތައް ގިނަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ ސެޓު ތަޖިކިސްތާނުން ގެންދިޔައީ 25-20 އިންނެވެ.
އެ ސެޓު ގެއްލުނު ނަމަވެސް ދެން ޖެހިގެން އައި ދެ ސެޓުގައި ރާއްޖެއިން ކުޅުން ރަނގަޅުކުރިއެވެ. އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ޝަމާއިލް ހުސެއިންގެ ރަނގަޅު އެޓޭކްތަކެއްގެ އިތުރުން ރަނގަޅި ޑިފެންސާވެސް އެކު ރާއްޖެއިން ފަހު ދެ ސެޓު ގެންދިޔައީ 23-25 އަދި 22-25 އިންނެވެ.
ކާވާ ޗެލެންޖް ކަޕް
ކާވާ ޗެލެންޖް ކަޕް
ކާވާ ޗެލެންޖް ކަޕް