ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުން އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް ސީގައި ކުޅުނު މެޗުގައި ބޫޓާންއާ އެއްވަރުވެއްޖެއެވެ.
ޗައިނާގެ ޑަލިއަންގައި ކުރިއަށްދާ އޭޝިއަން ކަޕް ގްރޫޕް ސީގެ ކޮލިފިކޭޝަންގައި ރާއްޖެއާއި ބޫޓާންގެ އިތުރުން ދެން ވާދަކުރަނީ ޗައިނާއާއި ބަހްރެއިން އަދި ކޮރެއާ ރިޕަބްލިކެވެ. ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ޑަލިއަން ޕުވާން ސްޓޭޑިއަމްގައި ބޫޓާނާ އެއްވަރުކުރީ 2-2ގެ ނަތީޖާ އަކުންނެވެ.
މިއަދު ރާއްޖެއާއި ބޫޓާނުން ކުޅުނު މެޗުގެ ފުރަތަމަ ހާފު ދާދި ހަމަހަމަކޮށް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ހަތަރު ގޯލުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ބޫޓާނުން ދެ ގޯލު ޖެހި އިރު، 50 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ ސަޔޯން ލާމާއެވެ. އެ ގޯލަށް މާ ގިނައިރެއް ނުވެ، ތިންލޭ ޔެޒާ ޖެހި ގޯލުން ބޫޓާނުން ލީޑު ފުޅާކުރިއެވެ.
އެ ހިސާބުން ރާއްޖެ އުނދަގޫ ހާލަތަކަށް ވެއްޓުނު ނަމަވެސް، 70 ވަނަ މިނެޓުގައި އިލާން ވަނީ އޭނާގެ ފުރަތަމަ ގޯލާއެކު ރާއްޖެއަށް އުންމީދު ހޯދައިދީފައެވެ. އަދި އިލާން ރާއްޖެއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލާއެކުގައެވެ.
ރާއްޖެ އިން ކުޅޭ ދެވަަ މެޗުގައި ހޯމަ ދުވަހު ދެން ނުކުންނާނީ ބަހްރެއިނާ ދެކޮޅަށެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް