ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ވާދަކުރަމުން އަންނަ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ ފުޓްބޯޅަ ޓީމާއި ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ދާއިމީ މެމްބަރުކަން ދޭން ފާސްކޮށްފިއެވެ.
އެފްްއޭއެމްއާ ފަހުން ހަވާލުވި އާ ލީޑާޝިޕާއެކު އަތޮޅު ތެރޭގެ ޓީމުތައް ރާއްޖޭގެ ފުޓުބޯޅަ އޮނިގަނޑުގައި ހިމަނާފައިވާ އިރު، މިދިޔަ ސީޒަނުގެ ރީޖަން ލީގުތަކާއެކު ދިވެހި ޕްރިމިއާ ލީގަށް އަތޮޅު ތެރޭގެ ދެޓީމު ވަނީ ކޮލިފައިވެސް ވެފައެވެ. އެއީ ދިއްދޫއާއި ގައްދޫއެވެ. އެ ދެޓީމަށް އެފްއޭއެމް މެމްބަރުކަން ދޭން ފާސްކުރީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
އެފްއޭއެމްއިން ބުނީ އެ ދެ ޓީމަށް މެމްބަރުކަން ދިނުމަކީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް، އަތޮޅުތަކުގެ ޓީމުތަކަށް އެސޯސިއޭޝަންގެ ނިންމުންތަކުގައްޔާއި ވާދަވެރި މުބާރާތްތަކުގައި ފުރިހަމަ ބައިވެރިވުން ކަށަވަރުކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އޭގެ އިތުރުން އެ ދެ ރަށަކީވެސް ފުޓްބޯޅައިގެ ފޯރި ގަދަ ދެ ރަށް ކަމަށާއި، މެމްބަރުކަން ލިބިގެންދިއުމާއެކު އެފްއޭއެމްގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގާއި އެފްއޭއެމްއިން ރާވާހިންގާ ރަސްމީ މުބާރާތްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި އެ ދެ ރަށަށް ލިބިގެން ދިޔުން އެއީ ކުރިއެރުމެއް ކަމަށެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
ކޮމެންޓް