ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ލީގުގައި އުނދަގޫ ހާލަތެއްގައި އޮތް ބްރެޒިލުން ރޭ ޕްރޫ ކައިރިން ރަނގަޅު މޮޅެއް ހޯދައިފިއެވެ.
ރޭ ބްރަސީލިއާގައި ކުޅުނު މެޗުގައި ބްރެޒިލުން ޕެރޫ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ބްރެޒިލް ވަނީ ލީގު ބުރުގެ ހަތަރު ވަނައަށް ޖެހިލައިފައެވެ.
ދެކުނު އެމެރިކާގެ ކޮލިފިކޭޝަން އޮންނަ ގޮތުން ލީގު ބުރު ނިމޭއިރު، ގަދަ ހަ ޓީމަށް ވޯލްޑް ކަޕުން ޖާގަ ޔަގީންވާނެއެވެ. އަދި ހަތްވަނަ ޓީމަށް ލިބޭނީ އިންޓަ ކޮންޓިނެންޓަލް ކޮލިފިކޭޝަން ޕްލޭ އޮފްއެއްގެ ފުރުސަތެވެ. މިވަގުތު ބްރެޒިލް ހަތަރު ވަނައިގައި އޮތީ 10 މެޗުން 16 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް އުރުގުއާއީއަށްވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވާ އިރު، ބްރެޒިލާ ތަފާތަކީ ފައިދާ ގޯލެއްގެ ތަފާތެވެ.
ދެކުނު އެމެރިކާ ކޮލިފިކޭޝަން ލީގުގެ އެއްވަނައިގައި އޮތީ އާޖެންޓީނާއެވެ. ދެވަނައިގައި މިވަގުތު ކޮލަމްބިއާ އޮތް އިރު، ބްރެޒިލްގެ ފަހަތުން ފަސްވަނައިގައި އޮތީ އެކުއެޑޯއެވެ. އަދި ހަވަނައިގައި އޮތީ ޕަރަގުއާއީއެވެ.
ރެކޯޑު ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލުން ރޭގެ މެޗަށް ނުކުތީ އޭގެ ކުރިން މެޗުގައި ޗިލީ ބަލިކޮށްފައި އޮވެގެންނެވެ. އޭގެ ކުރިން ބްރެޒިލް އޮތީ ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރަފީނިއާގެ ޕެނަލްޓީއަކުން ބްރެޒިލް ލީޑު ނެގި އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ރަފީނިއާ ވަނީ އިތުރު ޕެނަލްޓީއެއްގައި ބްރެޒިލަށް ދެވަނަ ގޯލު ޖަހައިދީފައެވެ. އޭގެ 20 ވަރަކަށް މިނެޓްފަހުން، 71 ވަނަ މިނެޓުގައި އަންދްރޭއާސް ޕެރޭރާ ބްރެޒިލަށް ތިންވަނަ ގޯލެއް ޖަހައިދީފައިވާ އިރު، ބްރެޒިލްގެ ފަހު ގޯލު ޖެހީ ލުއިސް ހެންރީކޭއެވެ.
ބްރެޒިލް
ބްރެޒިލް
ބްރެޒިލް
ބްރެޒިލް