އަންނަ އަހަރަށް އޮޑިޓް އޮފީހަށް 114.4 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވަނީ، ހުޅުމާލޭގައި އިމާރާތް ކުރަން ހަމަޖެހިފައިވާ އެތަނުގެ އާ އިމާރާތައް ބޭނުންވާ 19 މިލިޔަން ރުފިޔާއާއެކު ޖުމްލަ 99.6 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
ނަމަވެސް ކޮމިޓީގެ މެންބަރު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުކާއު 114.4 މިލިޔަން ރުފިޔާގެ ބަޖެޓެއް އެ އޮފީހަށް ދިނުމަށް ހުށަހެޅުއްވިއެވެ.
ތާއީދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު މަރުޒޫގެވެ.
އެއަށް ވޯޓަށް އެހުމުން އެގޮތަށް 114.4 މިލިޔަން ރުފިޔާގެ ބަޖެޓެއް އޮޑިޓާޖެެނެރަލްގެ އޮފީހަށް ދޭން ކޮމިޓީން ފާސްކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު