ގައުމީ އަންހެން ވޮލީ ލީގުގެ ކުޅުނު ތިންވަނަ މެޗު ވެސް ވެމްކޯ އާއި ޕޮލިސް ކްލަބުން މޮޅުވެއްޖެއެވެ.
ވެމްކޯ އާއި ޕޮލިހުން މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފައިވާ އިރު، އެ ދެ ޓީމުން ވެސް މިހާތަނަށް ހުރިހާ މެޗަކުން ވެސް މޮޅުވެފައި ވަނީ ސީދާ ތިން ސެޓުންނެވެ. މިއަހަރުގެ އަންހެން ޑިވިޝަނުގެ ލީގު ބާއްވަމުން މިދަނީ ހަ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. 2017 ވަނަ އަހަރު ބޭއްވި ގޮތަށް އަންހެން ވޮލީ ލީގު މެދުކެނޑިފައި އޮތް އިރު، މިދިޔަ އަހަރު ވެސް ބޭއްވީ އަންހެން ޑިވިޝަންގެ އެސޯސިއޭޝަން ކަޕާއި ގައުމީ މުބާރާތެވެ.
މި ފަހަރުގެ ގައުމީ ވޮލީބޯލް ލީގުގައި ހަ ކްލަބަކުން ދަނީ ވާދަކުރަމުންނެވެ. އެއީ ވެމްކޯގެ އިތުރުން، ޕޮލިސް ކްލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން, ގުޑީސް ސްޕޯޓްސް ކްލަބް އަދި ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބެވެ.
ވެމްކޯއިން އިއްޔެ އަސްދިގަ ސްޕޯޓްސް ކްލަބު ބަލިކުރީ ސީދާ ތިން ސެޓުންނެވެ. ވެމްކޯއިން މެޗުގެ ސެޓުތައް ގެންދިޔައީ 25-12، 25-15 އަދި 25-06 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޔަކޮވްލެވާ އިނާއެވެ.
ޕޮލިސް ކްލަބުން އިއްޔެ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބަލިކުރީ ވެސް ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-13، 25-16 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ޕޮލިސް ކްލަބުގެ އައިމިނަތު އަރީޝާއެވެ.
ރޭގެ ފަހު މެޗުގައި ގުޑީސް ކައިރިން ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގައި ހިންމަފުށިން ސެޓުތައް ގެންދިޔައީ 25-11، 25-08 އަދި 25-09 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ހިންމަފުށީގެ ނިރްމާނީ ސުލޮޗާނާއެވެ.
ގައުމީ ވޮލީބޯޅަ ލީގު
ގައުމީ ވޮލީބޯޅަ ލީގު
ގައުމީ ވޮލީބޯޅަ ލީގު
ގައުމީ ވޮލީބޯޅަ ލީގު