ސްރީ ލަންކާގެ ކޮލަމްބޯގައި އިއްޔެ ފެށި 20 އަހަރުން ދަށުގެ ކާވާ ފިރިހެން ވޮލީ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ތުރުކެމެނިސްތާން ކައިރިން ސީދާ ތިން ސެޓުން ބަލިވެއްޖެއެވެ.
ލަންކާގެ ސުގަތަދާސާ އިންޑޯ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގައި ތުރުކެމެނިސްތާނުން ރާއްޖެ ކައިރިން ސެޓުތައް ގެންދިޔައީ 25-11، 25-13 އަދި 25-27 އިންނެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓުގައި ރާއްޖޭގެ ޓީމަށް ރަނގަޅު ވާދައެއް ކޮށްލެވިފައި ނުވި ނަމަވެސް، ތިންވަނަ ސެޓުގައި ރަނގަޅު ކުޅުމެއް ރާއްޖޭގެ ކުޅުންތެރިން ދެއްކިއެވެ. ބޮޑު ލީޑެއްގައި ސެޓުގެ ފަހުކޮޅާ ހަމައަށް ރާއްޖެ އޮތް ނަމަވެސް، ރިސީވްތައް ގޯސްވެ، ތުރުކެމެނިސްތާނަށް ރަނގަޅު އެޓޭކްތަކަކަށް ފުރުސަތު ފަހިވިއެވެ. ނަތީޖާއެއްގެ ގޮތުން ފަހު ވަގުތުގައި ރާއްޖެ އަތުން ހަނި ގޮތަކަށް ސެޓު ގެއްލުނެވެ.
ރާއްޖޭގެ އިތުރުން ސްރީ ލަންކާ އާއި ތުރުކެމެނިސްތާން، ނޭޕާލް، އުޒުބެކިސްތާން އަދި ކިރިގިސްތާނުން މުބާރާތުގައި ވާދަކުރަމުންދާ އިރު، ލީގު އުސޫލުން މުބާރާތުގެ ފުރަތަމަ ބުރުގައި ޓީމުތައް ވާދަކޮށް ފައިނަލަށް ދާނީ އެއްވަނަ އަދި ދެވަނަ ޓީމެވެ. އޭގެ ދަށުން ރޭންކް ކުރެވިފައިވާ ޓީމުތަކަށް ރިހި މެޑަލް އަދި ލޯ މެޑަލް ކުޅެން ޖެހޭނެއެވެ. ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި މިއަދު ހަވީރު 5:30 ގައި ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް