ސްރީ ލަންކާގެ ކޮލަމްބޯގައި މިއަދު ފަށާ 20 އަހަރުން ދަށުގެ ކާވާ ފިރިހެން ވޮލީ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ތުރުކެމެނިސްތާނާ ދެކޮޅަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.

ކާވާ މުބާރާތް ލަންކާގައި ހޯސްޓް ކުރާ އިރު، މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް މުބާރާތް ކުރިއަށްދާނެއެވެ. މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ލަންކާގެ ސުގަތަދާސާ އިންޑޯ ސްޓޭޑިއަމްގައެވެ. ރާއްޖޭގެ އިތުރުން ސްރީ ލަންކާ އާއި ތުރުކެމެނިސްތާން، ނޭޕާލް، އުޒުބެކިސްތާން އަދި ކިރިގިސްތާނުން މުބާރާތުގައި ވާދަކުރަމުންދާ އިރު، ރާއްޖޭ ޓީމުން ވަނީ މީގެ ދުވަސް ކުރިން ލަންކާއަށް ގޮސްފައެވެ.

ލީގު އުސޫލުން މުބާރާތުގެ ފުރަތަމަ ބުރުގައި ޓީމުތައް ވާދަކޮށް ފައިނަލަށް ދާނީ އެއްވަނަ އަދި ދެވަނަ ޓީމެވެ. އޭގެ ދަށުން ރޭންކް ކުރެވިފައިވާ ޓީމުތަކަށް ރިހި މެޑަލް އަދި ލޯ މެޑަލް ކުޅެން ޖެހޭނެއެވެ. ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މިއަދު ތުރުކެމެނިސްތާނާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން ހަވީރު 5:30 ގައެވެ.

  • އަލީ އަދުހަމް އަހުމަދު އާދަމް
  • އަހުމަދު އިލހާމް އަލީ
  • އިޔާން އަލީ
  • އިބްރާހީމް ރާކިން ހަސަން
  • މުހައްމަދު ރިއްފަތު
  • އަހުމަދު މާއީ މުހައްމަދު
  • ޔައީޝް ރިއްފަތު މުހައްމަދު
  • މުހައްމަދު އިކުރާމް އިސްމާއީލް ރަޝީދު
  • ޝާނިފް އަހުމަދު
  • އަހުމަދު މިފްޒާލް
  • ޔައިޝް މުހައްމަދު ޝިހާމް
  • ހަސަން އަލްވިން ޝާހިދު