އުރީދޫ މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޕޭމަންޓް ސާވިސް ޕްރޮވައިޑާ (ޕީއެސްޕީ) ލައިސަންސް ދޫކޮށްފިއެވެ.
އުރީދޫން މިއަދު ބުނީ، ޓެކްފިން މޯލްޑިވްސްއަށް ޕޭމަންޓްގެ ހިދުމަތުގެ ލައިސަންސް ލިބިފައިވާ ކުންފުންޏެއްގެ ގޮތުގައި ހިންގުމުގެ ފުރުސަތު ފަހިވެ، ރައްޔިތުންނަށް އިނޮވޭޓިވް އަދި ރައްކާތެރި ޑިޖިޓަލް ފައިނޭންޝަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ ދައުރު ފަހިވެފައިވާ ކަމަށެވެ.
"މި އާ ލައިސަންސާއެކު ގިނަ ބަޔަކު ބޭނުންކުރާ އުރީދޫގެ ޑިޖިޓަލް ވޮލެޓް އެމް-ފައިސާ އާއި ރެމިޓެންސްގެ ހިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށުން މިހާރު މެނޭޖް ކުރެވޭނެއެވެ. މިއީ އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ފައިނޭންޝަލް ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެންމެ ޒަމާނީ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އުރީދޫ މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓެޖީއާ ގުޅިފައިވާ ފިޔަވަޅެކެވެ..،" އުރީދޫން ބުންޏެވެ.
އުރީދޫގެ އެމް-ފައިސާ ޕްލެޓްފޯމް މެދުވެރިކޮށް ވަނީ މާލީ މުއާމަލާތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކަސްޓަމަރުންނަށް ފައިސާ ދެއްކުމާއި، ފައިސާ ޓްރާންސްފާ ކުރުމާއި، ރެމިޓެންސްގެ ހިދުމަތް ހޯދުމުގައި ފަސޭހަ އަދި ހަރުދަނާ މަގެއް އެމް-ފައިސާއިން ވަނީ ފަހިކޮށްދީފައި ކަމަށް އުރީދޫން ބުންޏެވެ.
އެމް- ފައިސާ މެދުވެރިކޮށް ބިލުތައް ދައްކައި، ޕެޓްރޯލް ޝެޑްގެ ޕޭމަންޓް ދައްކައި، ގިނަ ފިހާރަ އަދި ކެފޭތަކުގެ ބިލުތައް ދެއްކުމުގެ އިތުރުން ބަނޑޭރިޕޭގެ ތެރޭގައިވެސް އެމް-ފައިސާ ހިމަނާފައިވާ ކަމަށް އުރީދޫން ބުންޏެވެ.
"މި ހިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށަށް ބަދަލުކޮށް، އުރީދޫން ދަނީ ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދީ، ހަރުދަނާ ޑިޖިޓަލް ފައިނޭންޝަލް އިކޯސިސްޓަމެއް ގާއިމުކުރުމުގެ ވައުދު އިތުރަށް ހަރުދަނާ ކުރަމުންނެވެ." އުރީދޫން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު