ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ނުވަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިސް ކަސްޓަމް ސާވިސަސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ އެތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ހޯމަ ދުވަހު ރާއްޖެ އައި އެއާކޯގެ ޝިޕްމެންޓަކާއި ޕޯސްޓް ޕެކޭޖެއް އަދި މިމަހުގެ 16 ގައި ރާއްޖެ އައި ސްރީލަންކަން އެއާލައިންސްއިން ދަތުރުކުރި 65 އަހަރުގެ ދިވެއްސަކު ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ.

އެ މީހާގެ އަތުން 349 ގްރާމްގެ ހެރޮއިން ފެނިފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނީ 582 ގްރާމްގެ ސިންތެޓިކް ކެތިނޯން ކަމަށް ކަސްޓަމުން ބުންޏެވެ.

ކަސްޓަމުން ބުނީ ކެނަބިސް އަދި އެކްސްޓަސީއާ އެކު، ޖުމްލަ އެ ތަކެތީގެ ބަރުދަނުގައި ނުވަ ކިލޯ ހުރި ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަން އެ ފިރިހެން މީހާ އަދި އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.