ކުޅުދުއްފުށި ސިޓީގެ ފަޅުތެރެއިން މަރުވެފައި އޮއްވައި ފެނުނު އެ ރަށު/ ޑެއިޒީފެހި، މުހައްމަދު ހަސަންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދު މާލެ ގެނެސްފިއެވެ.

ފުލުހުން މިއަދު ބުނީ ކުޅުދުއްފުށި ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ.

މުހައްމަދު ހަސަންގެ ހަށިގަނޑު ފަޅުތެރެއިން ފެނިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 8:17 ހާއިރެވެ. އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުހައްމަދު ހަސަން މަރުވީ ދޯންޏެއްގެ ފެހި ކަހަން މޫދަށް ފައިބައި އުޅެނިކޮށެވެ.