ރޭ ނޯވޭއިން ކުޅުނު ޔޫއެފާ ނޭޝަންސް ލީގުގައި އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑަށް އަނިޔާވެ، އެ ކްލަބަށް ހާސްކަމާ ކުރިމަތިވެއްޖެއެވެ.
ރޭ ނޯވޭއިން ނޭޝަންސް ލީގުގައި އޮސްޓްރިއާއާ ވާދަކޮށް، އެގައުމުން ވަނީ މުހިއްމު މޮޅެއް ހޯދައިފައެވެ. މެޗުގައި ނޯވޭގެ ގޯލުތައް ޖެހީ ފެލިކްސް ހޯން މަޔާ އާއި އާލިން ހާލަންޑެވެ. ހާލަންޑް ގޯލު ޖެހީ މެޗު އެއްވަރުވާން ދަނިކޮށެވެ. އޮސްޓްރިއާގެ ގޯލު ޖެހީ މާސެލް ސަބިޓްޒާއެވެ.
މެޗު 1-1 އިން އެއްވަރުވެފައި އޮއްވައި، ދެވަނަ ހާފުގެ ތެރެއިން އާސެނަލްގެ ކެޕްޓަން އޮޑެގާޑަށް އަނިޔާވެ، އޭނާ ބަދަލު ކުރަން ޖެހިފައިވެއެވެ. އެއީ ކްރިސްޓޮފް ބައުމްގާޓްނާ ކުރި ފައުލަކާ ގުޅިގެންނެވެ. މެޗުގައި އަނިޔާވީ އޮޑެގާޑްގެ ކުޑަ ހުޅަށެވެ. ނޫސްތައް ބުނެފައިވާ ގޮތުގައި އޮޑެގާޑްގެ އަނިޔާގެ ތަފުސީލު ހޯދުމަށް މިހާރު ވެސް އާސެނަލްގެ މެޑިކަލް ޓީމުން ވަނީ ނޯވޭގެ މެޑިކަލް ޓީމާ ގުޅައިފައެވެ.
އާސެނަލަށް މި އިންޓަނޭޝަނަލް ބްރޭކްގައި މިހާތަނަށް ވަނީ އިތުރު އަނިޔާއަކާ ވެސް ވިސްނަން ޖެހިފައެވެ. އިޓަލީން ކުޅުނު ފުރަތަމަ މެޗުގައި ރިކާޑޯ ކަލަފިއޯރީއަށް ވެސް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، އާސެނަލުން ލީގުގައި ދެން ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗުގައި އިންގްލެންޑް މިޑްފީލްޑަރު ޑެކްލަން ރައިސްއަށް ވެސް ނުކުޅޭނެއެވެ. އެއީ އެންމެފަހުން ކުޅުނު ލީގު މެޗުގައި ރަތް ކާޑު ދެއްކުމުންނެވެ.
އާސެނަލުން ލީގުގައި ޓޮޓެންހަމްއާ ވާދަކުރާ މެޗަށްފަހު ދެން ނުކުންނަން ޖެހޭ މެޗަކީ ޗެމްޕިއަންސް ލީގުގައި އެޓަލާންޓާ ދެކޮޅަށް ނުކުންނަ މެޗެވެ. އެއީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އަދި އޭގެފަހުން އާސެނަލަށް އޮތް މެޗަކީ މިދިޔަ އަހަރު ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް