ސިނަމާލެ ބުރިޖު ކައިރިން ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ބަންޑުން ޖަހާލި ލޯންޗުގައި ތިން މީހަކު ތިބި ކަމަށެވެ. ފުލުހުން ވަނީ އެ ތިން މީހުން ވެސް ސަލާމަތްކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"ވަން" އަށް ލިބިފައިވާ އެ ހާދިސާގެ ފޮޓޯތަކުން ފެންނަނީ ބަންޑުން ޖަހާލި ލޯންޗުގެ މަތީގައި އެއިން ދަތުރުކުރި މީހުން ތިއްބައެވެ.

އެ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ފުލުހުންނާއި އެމްއެންޑީއެފުން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.