އިންގްލެންޑްގެ ގައުމީ ޓީމުގެ ފޯވަޑް އިވާން ޓޮނޭ ގެންދަން ސައުދީ އަރަބިއާގެ އަލް-އަހްލީއާއި ބްރެންޓްފޯޑާ ދެމެދު އެއްބަސްވުމަކަށް އައިސްފިއެވެ.
ޓޮނޭ ގެންދަން ދެ ކްލަބުން އެއްބަސްވެފައިވާ އަގަކީ 40 މިލިއަން ޕައުންޑްގެ އަގެކެވެ. އުމުރުން 28، ގެ ޓޮނޭއާ އަހްލީ މިވަގުތު މަޝްވަރާ ކުރަމުންދާ އިރު، ހަބަރުތައް ބުނެފައި ވަނީ އަހްލީގެ ހުށަހެޅުމަށް ޓޮނޭ ހުރީ ހިތްހަމަ ޖެހިގެންނެވެ. އަދި މިއަދުގެ ވަގުތެއްގައި މެޑިކަލް ފުރިހަމަކޮށް، ޓްރާންސްފާގެ ހުރިހާ ކަމެއް ނިންމަން އަހްލީއާއި ޓޮނޭވެސް ތައްޔާރުވަމުންދާ ކަމަށް ނޫސްތައް ބުނެއެވެ.
އަހްލީން ޓޮނޭ ހޯދަން ފުރަތަމަ ކުރި، 35 މިލިއަން ޕައުންޑްގެ ބިޑަށް ބްރެންޓްފޯޑުން ވަނީ ނޫނެކޭ ބުނެފައެވެ. ޓޮނޭ ގެންދަން އޭރު ބައެއް ޕްރިމިއާ ލީގުގެ ޓީމުތަކުންވެސް މަސައްކަތް ކުރަމުން ދިޔަ އިރު، ޓޮނޭ ނުލިބިއްޖެނަމަ، އަހްލީން ދިޔައީ ނަޕޯލީގެ ވިކްޓޯ އޮސީމެން ގެންދަން ތައްޔާރުވަމުންނެވެ.
އެގޮތުން އޮސީމެންގެ އަގަކާ މެދުވެސް އަހްލީ އާއި ނަޕޯލީން އިއްޔެ އެއްބަސްވުމަކަށް އައެވެ. އެހެންނަމަވެސް އޮސީމެން އަހްލީއަށް އާނބަސް ބުނެފައެއް ނުވެއެވެ. އޮސީމެންގެ އެޖެންޓް މީގެ ކުރިން ބުނެފައި ވަނީ ޔޫރަޕް ދޫކޮށް ދާން ބޭނުން ނުވާ ކަމަށާއި އަހްލީވެސް އެ ނިންމުމަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ. އޭނާ ވަނީ ނަޕޯލީގެ މިފެށޭ ސީޒަންގެ ސްކޮޑުން ބާކީކޮށްފައެވެ.
ޓޮނޭ ބްރެންޓްފޯޑާ ގުޅުނީ 2020 ވަނަ އަހަރުއެވެ. އޭނާ ވަނީ 2023 ވަނަ އަހަރު މާޗް މަހު އިންގްލެންޑް ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެފައެވެ. ޓޮނޭއަށް މިދިޔަ ސީޒަން ކާމިޔާބުކޮށް ދަނިކޮށް، އޭނާއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ބެޓް ކުރުމުގެ ގަވާއިދުތަކާ ހިލާފުވެގެން ބޮޑު ބޭންއެއް ކުރުމެވެ. މޭ މަހު ޓޮނޭ، އަށް މަހަށް ބޭނުން ކުރުމުން އޭނާއަށް އެނބުރި މެޗަކަށް ނުކުމެވުނީ ޖެނުއަރީގައެވެ.
އެހެންނަމަވެސް، ޓޮނޭއަށް ވަނީ ޔޫރޯ 2024 ގެ އިންގްލެންޑް ސްކޮޑުންވެސް ޖާގަ ލިބިފައެވެ. ޓްރާންސްފާގެ ވާހަކަތަކާ އެކު މިވަގުތު ޓޮނޭ ހުރީ ސްކޮޑުން އެކަހެރި ކޮށްފައެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް