ސިނަމާލެ ބުރިޖު ލައިޓް ކައިރިން ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ މިއަދު 5:26 އެހާކަންހާއިރު ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެތަނުން އެއް ސައިކަލް ދުއްވި 21 އަހަރުގެ ފިރިހެން މީހާ އާއި އެ ސައިކަލް ފަހަތުގައި އިން 19 އަހަރުގެ އަންހެން މީހާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗުގައި ކަމަށް ފުލުހުން ބުންޏެވެ.

އަނެއް ސައިކަލް ދުއްވި 43 އަހަރުގެ ފިރިހެން މީހާއަށް ފަރުވާ ދެމުންދަނީ އޭޑީކޭ ގައި ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.